ޑރ. ރަމްޝާ އަވަހާރަވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

Thu, 02 May 2024 10:10 PM

View on this article on Mihaaru

ޑރ. ރަމްޝާ އަވަހާރަވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ކެންސަރު ބަލީގައި ޑރ. އާމިނަތު ރަމްޝާ އަވަހާރަވުމުން އެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިރޭ "އެކްސްގައި" ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ހިދުމަތްތެރި އަދި މަގުބޫލު ޑޮކްޓަރު އަވަހާރަވި ހަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.

އޭނާގެ ވަކިވުމާއެކު ގައުމަށް ގެއްލިގެން އެ ދިޔައީ ކުޅިވަރުގައި މައިދާނުގައި ރީތި ނަމޫދާ ދެއްކެވި މޮޅު އެތުލީޓެއް ކަމާއި އިންސާނަށް ހިދުމަތް ކުރުމުގައި ރެއާ ދުވާލު މަސައްކަތް ކުރެއްވި ވާގިވެރިއަކާއި ބަލި މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިތްވަރު ދެއްވި އޯގާތެރި އެހީތެރިއެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"މަރްހޫމާ ޑޮކްޓަރު އާމިނަތު ރަމްޝާގެ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ. ކީރިތިﷲގެ ރުއްސެވުމާއި ފުއްސެވުމާ ސުވަރުގޭގެ ދާއިމީ ނިއުމަތް އެ މަރްހޫމާއަށް މިންވަރު ކުރައްވާށި އެވެ." އެ މަނިކުފާނު ވިދާޅުވި އެވެ.

ރަމްޝާއަށް ކެންސަރު ޖެހިފައިވާކަން އެނގުނީ، ކަރުންމަތީގެ ބައްޔަށް ހާއްސަވުމަށް ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ކިޔަވާ ވިދާޅުވަމުން ދަނިކޮށެވެ. އެ އުނދަގޫތަކާ އެކު ވެސް އޭނާ ވަނީ ފަރުވާ ހޯއްދަވަމުން ކިޔެވުން ފުރިހަމަކުރައްވައިފަ އެވެ.

ދުވުމުގައި ވެސް ފާހަގަކޮށްލެވުނު ރަމްޝާ އަވަހާރަވީ ކިޔެވުން ފުރިހަމަ ކުރެއްވުމަށް ބެންކޮކްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ކޮވިޑް-19 ގެ ދުވަސްވަރު ވުޖޫދުވި ކްލަބްހައުސްގައި ވެސް ރަމްޝާ ވަނީ ބަލިތަކަށް އާއްމުން ހޭލުންތެރި ކުރުވުމަށް މަސައްކަތް ކުރައްވައިފަ އެވެ. އޭގެ ތެރެއިން، ބައްދަލުވި އަހުމަދު ރަޝީދު ނަމަކަށް ކިޔާ މީހަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ރަމްޝާ ވަނީ ގިނަ ބަޔަކަށް އެކުވެރިކަމާއެކު ނަސޭހަތްތެރިވެފައި ކަމަށެވެ.

"އެތަކެއް ދުވަސްތައް ހޭދަކުރުމަށް ފަހު ލޯފަން ކުދިންނާއެކު ބައްދަލުވި ދުވަހެއްގައި ދިމާވެ ވާހަކަ ދައްކާލުމުގެ ފުރުސަތު ލިބުނެވެ. ވަރަށް ހިތްހެޔޮ ހިތްވަރުގަދަ ނަމޫނާ ޝަހުސިއްޔަތެކެވެ. ކެންސަރުގެ ބަލީގައި ހަނގުރާމަ ކުރަމުން ވެސް އެތައް ބަޔަކަށް ހިތްވަރު ދެމުން ގެންދިޔަ އެވެ." އެ ޕޯސްޓްގައިވެ އެވެ.





More from Mihaaru