އޯއައިސީ ސަމިޓްގައި ރައީސްގެ މަންދޫބެއްގެ ގޮތުން ޑރ. ޝަހީމް ބައިވެރިވެވަޑައިގަންނަވަނީ

Thu, 02 May 2024 08:53 PM

View on this article on Mihaaru

އޯއައިސީ ސަމިޓްގައި ރައީސްގެ މަންދޫބެއްގެ ގޮތުން ޑރ. ޝަހީމް ބައިވެރިވެވަޑައިގަންނަވަނީ

އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސަމިޓްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ގޮތުން ބައިވެރިވެވަޑައިގަތުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ގެމްބިއާ އަށް ފުރާވަޑައިގެންފި އެވެ.

އޯއައިސީގެ 15 ވަނަ ސަމިޓް އަންނަ ހަފުތާގައި ގެމްބިއާގައި ފަށަން ވަނީ ހަމަޖައްސައިފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ ސަމިޓްގައި ރައީސް މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ގޮތުން ބައިވެރިވެ ވަޑައިގަތުމަށް މިނިސްޓަރު ޝަހީމް މިއަދު ފުރާވަޑައިގެންފައިވާ ކަމަށެވެ.

މިނިސްޓަރު ޝަހީމް އޯއައިސީ ސަމިޓަށް ފުރާވަޑައިގަތުމުގެ ކުރިން މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި.

އޯއައިސީގެ މި ފަހަރުގެ ސަމިޓްގައި ފަލަސްތީނުގެ މައްސަލަ ވެސް ވަނީ އެޖެންޑާ ކޮށްފަ އެވެ.

ފަލަސްތީނުގެ މައްސަލާގައި ރާއްޖެ އިން އިއްޔެ ވަނީ އދ. ގައި އެ ގައުމުގެ ހައްގުގައި ވަކާލާތުކޮށްފަ އެވެ.

އިސްލާމިކް މިނިސްޓަރު ޝަހީމް މިދިޔަ ހަފުތާގައި ވަނީ މުސްލިމް ވޯލްޑް ލީގު (ރާބިތަތުލްއާލިމިލް އިސްލާމީ) ގެ އެންމެ މަތީ މަޖިލިހުގެ ޖަލްސާ އާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ގެ އަހަރީ ޖަލްސާގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ. އެ ދެ ޖަލްސާ އޮތީ ސައޫދީ އަރަބިއްޔާގަ އެވެ.





More from Mihaaru