މިދިޔަ މަހުގެ ކަރަންޓް ބިލުން ވެސް ޑިސްކައުންޓް ދޭން ނިންމައިފި

Thu, 02 May 2024 06:56 PM

View on this article on Mihaaru

މިދިޔަ މަހުގެ ކަރަންޓް ބިލުން ވެސް ޑިސްކައުންޓް ދޭން ނިންމައިފި

މިދިޔަ ރޯދަ މަހު ބޭނުންކުރި ކަރަންޓްގެ ބިލުން ވެސް ޑިސްކައުންޓް ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމައިފި އެވެ.

އެ މަނިކުފާނުގެ އެ ނިންމެވުމާ އެކު އެންމެ ފުރަތަމަ ކަރަންޓް ބިލުން ޑިސްކައުންޓް ދިނީ ރޯދަ މަހުގެ ކުރީގެ މަހުގެ ބިލުންނެވެ.

ނަމަވެސް ރޯދަ މަހު ބޭނުންކުރި ބިލަށް ޑިސްކައުންޓް ނުދީ އޮތުމާއި މިދިޔަ ރޯދަ މަހަކީ ހޫނު ގަދަ މަހަކަށް ވުމުން ގިނަ ގެތަކުގެ ކަރަންޓް ބިލް މިފަހަރު ބޮޑުވި އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ދެންމެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައިވަނީ މިދިޔަ މަހުގެ ބިލުން ވެސް ޑިސްކައުންޓް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެހެންވެ، ބިލްތަކުގައި ޑިސްކައުންޓް ހިމަނައިގެން ބަދަލު ކުރުމަށްފަހު އަލުން ބިލް ފޮނުވާނެ ކަމަށް އެ ޕޯސްޓްގައިވެ އެވެ.

ނަމަވެސް މިދިޔަ މަހުގެ ބިލްތަކުގެ ތެރެއިން މިހާތަނަށް ދެއްކި ބިލްތަކާ މެދު އަމަލު ކުރާނެ ގޮތެއް އަދި ސާފެއް ނުވެ އެވެ.

ސްޓެލްކޯއިން ކުރިން ބުނެފައިވާ ގޮތުގައި ރޯދަ މަހުގެ ކުރީގެ ކަރަންޓް ބިލުން ދިން ޑިސްކައުންޓް 20 މިލިއަން ރުފިޔާއަށް އަރާނެ އެވެ.





More from Mihaaru