އީދު ދުވަހުގެ ހަވީރު 4-6 އަށް މާލޭގައި ވެހިކަލް ދުއްވުން މަނާ

Thu, 28 Mar 2024 12:36 PM

View on this article on Mihaaru

އީދު ދުވަހުގެ ހަވީރު 4-6 އަށް މާލޭގައި ވެހިކަލް ދުއްވުން މަނާ

ފިތުރު އީދު ދުވަހުގެ ހަވީރު މާލޭގައި ވެހިކަލް ދުއްވުން ސިޓީ ކައުންސިލުން މަނާކޮށްފި އެވެ.

އެ ގޮތަށް ނިންމީ މިއަދު ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި، ދިވެހި ބަހާއި ތާރީހާ ބެހޭ މިނިސްޓްރީން ހުށަހެޅި ހުށަހެޅުމަށް ވަނީ މަޝްވަރާ ކުރުމަށް ފަހު އެވެ. އެ މިނިސްޓްރީން އެދުނީ އީދު ދުވަސް ފާހަގަކުރަން އެކި ހަރަކާތްތައް ބާއްވާތީ އެ ދުވަހުގެ ހަވީރު ހަމައެކަނި ފައިމަގުގައި އުޅެވޭ ގޮތަށް ހަމަޖައްސައި ދިނުމަށެވެ.

އެހެންވެ، މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ޒަމީރު މިއަދުގެ ބައްދަލުވުމަށް ހުށަހެޅުއްވީ އީދު ދުވަހުގެ ހަވީރު 4 އިން ރޭގަނޑު 8 ޖަހަންދެން މާލޭގައި ވެހިކަލް ދުއްވުން މަނާކުރުމަށް ނުވަތަ ފައިމަގުގައި އުޅޭ ގޮތަށެވެ. އެކަމަށް ތާއީދުކުރެއްވީ، ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފު ފާތިހެވެ.

ނަމަވެސް 11 މެމްބަރުން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުން އެ ހުށަހެޅުމަށް އަޣުލަބިއްޔަތެއް ނުލިބުނެވެ.

އެހެންވެ، އެންމެ ފަހުން ހުށަހެޅުއްވީ ސަގާފަތާ ބެހޭ މިނިސްޓްރީން އެދުނު ގޮތަށް ހަވީރު 4-6 އަށް ވެހިކަލް ދުއްވުން މަނާކުރުމަށެވެ. އެ ގޮތަށް ފާސްކުރީ ހަތް ވޯޓުންނެވެ.





More from Mihaaru