ހަމަލާދިން މިޔަރު ހިފާ މީހަކަށް 10000 ޑޮލަރު ހުށަހަޅައިފި

Sat, 27 Apr 2024 08:24 AM

View on this article on Masverin

ހަމަލާދިން މިޔަރު ހިފާ މީހަކަށް 10000 ޑޮލަރު ހުށަހަޅައިފި

ކެރިބިއަންގެ ޖަޒީރާ ޤައުމެއްކަމަށްވާ ޓްރިނެޑޭޓު އެންޑު ޓޮބޭގޯގައި އިނގިރޭސިވިލާތަށް ނިސްބަތްވާ ފަތުރުވެރިއަކަށް ހަމަލާދިން މިޔަރު ހިފައިގެން ގެނެސްދޭ މީހަކަށް 10000 ޑޮލަރުގެ އިނާމެއް ހުށަހަޅައިފިއެވެ.



64 އަހަރުގެ މީހަކަށް މިޔަރެއް ހަމަލާ ދިނުމުގެ ހާދިސާއެއް ހިނގާފައިވަނީ އިއްޔެއެވެ. އެމީހާގެ ހާލު ސީރިއަސްއެވެ. އެގޮތުން އޭނާއަށް ފުން ޒަހަމްތަކެއް ލިބިފައިވާއިރު، އޭނާއަށް މިޔަރު ހަމަލާ ދީފައިވަނީ އެއްގަމާއި ގާތްގަނޑަކަށް 10 މީޓަރު ދުރުންނެވެ.

މި ހާދިސާގައި އޭނާއަށް ހަމަލާދީފައިވަނީ 10 ފޫޓުގެ ބުލް ޝާކެކެވެ. އެވަގުތު އެ ސަރަހައްދުގައި ތިބި އާއްމުންގެ މީހުންވެސް ވަނީ މިޔަރު އެމީހާއާއި ދުރުކުރުމަށް އަމަލީގޮތުން މަސައްކަތްކޮށްފައެވެ. އެގޮތުން އޭތީގެ ގައިގައި ތަޅާ ހަދާފައިވެއެވެ.

މިޔަރު ހަމަލާދިނުމުގެ ހާދިސާއަށްފަހު އެ ސަރަހައްދު ޑްރޯން ބޭނުންކޮށްގެންވެސް ވަނީ ބަލާފައެވެ. އަދި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، އާއްމުންނަށްވަނީ ސަމާލުވުމަށް އިލްތިމާޒްކޮށްފައެވެ.

މި ހާދިސާގައި ހަމަލާދިން މިޔަރު ހޯދުމުގެ މަސައްކަތް އަވަސްކުރުމަށް ޓޮބޭގޯ ސަރުކާރުންވަނީ 10000 ޑޮލަރު ހުށަހަޅާފައެވެ.

ޓޮބޭގޯގައި ފާއިތުވީ 20 އަހަރުތެރޭގައި މިޔަރު ހަމަލާދިނުމުގެ 2 ހާދިސާއެއްވަނީ ރެކޯޑުކުރެވިފައެވެ. އަދި މި ހާދިސާތައްވެސް ހިނގާފައިވަނީ އެއްގަމާއި ވަރަށް ދުރުގައެވެ.



More from Masverin