ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ތާރީހަށް ބަލާއިރު، ވަދު ނަނުގެ މަސްވެރިކަމަކީ ދިވެހި މަސްވެރިކަމުގައި މުހިންމު ދައުރެއް އަދާކުރި މަސްވެރިކަމެކެވެ.
ލައްޓިއާއި ރާގޮނޑިއަށް އަމާޒުކޮށް ކުރެވުނު މި މަސްވެރިކަމަކީ ދެކުނުގެ އަތޮޅުތަކަށްވުރެ ފުޅާކޮށް އުތުރުގެ އަތޮޅުތަކުގައި ކުރެވުނު މަސްވެރިކަމެކެވެ. މީގެ ސަބަބެއްކަމަށް ބެލެވެނީ، މި މަސްވެރިކަމުގައި އަމާޒުކުރާ ދެ ބާވަތުގެ އާބާދީ އުތުރުގެ އަތޮޅުތަކުގައި ގިނަވުމެވެ.
އަދި މަސްވެރިކަމުގެ މުހިންމުކަން އެންމެ ބޮޑުވެގެން ދިޔައީ 1970 ގެ އަހަރުތަކާއި 1980ގެ އަހަރުތަކުގައި މަސްދޯނިފަހަރުގައި އިންޖީނު އަޅަމުން ދިޔަ ދުވަސްވަރުއެވެ.
މިގޮތުުން 1982 ވަނަ އަހަރަކީ ވަދުދޯނިފަހަރު ރާއްޖޭގައި އެންމެ ގިނައިން ހަރަކާތްތެރިވި އަހަރެވެ. އެގޮތުން، އެ އަހަރު 3482 ވަދު ދޯނި މަސްވެރިކަމުގައި ހަރަކާތްތެރިވި ކަމަށް ރިކޯޑު ކުރެވިފައިވެއެވެ.
ޖެހިގެން އައި އަހަރު އެ އަދަދު މަދުވަމުން އަހިސް 2010 ވަނަ އަހަރު ހަރަކާތްތެރިވި ކަމަށް ރެކޯޑު ކުރެވިފައި ވަނީ 713 ދޯންޏެވެ. އޭގެފަހުން 2015 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް ވަދުނަނުގެ މަސްވެރިކަމުގައި ބާނާފައިވާ ބާވަތްތަކުގެ މިންވަރަކީ، އެ މުއްދަތުގައި މުޅި ރާއްޖެއަށް ބޭނި ކަނޑުމަހުގެ %0.12 އެވެ. އެއީ ގާތްގަނޑަކަށް 790 ޓަނު މަހެވެ.
އިހުގައި ކުރެވުނު ވަދުނަނުގެ މަސްވެރިކަން ހީނަރުވެގެން ދިއުމުގެ ސަބަބުތަކުގެ ތެރޭގައި އިޖުތިމާއީ އަދި އިގުތިސޯދީ ސަބަބުތައް ހިމެނެއެވެ.