މިދިޔަ ފަސް އަހަރުތެރޭ 173 ދޯންޏެއް މަސްވެރިކަމާ ދުރަށްދިޔަ!

Tue, 07 May 2024 03:51 PM

View on this article on Masverin

މިދިޔަ ފަސް އަހަރުތެރޭ 173 ދޯންޏެއް މަސްވެރިކަމާ ދުރަށްދިޔަ!

މިދިޔަ ފަސް އަހަރުތެރޭ 173 ދޯންޏެއް މަސްވެރިކަމާ ދުރަށްދިޔަ ކަމަށް ފިޝަރީޒް މިނިސްޓްރީން އާއްމުކޮށްފައިވާ މައުލޫމާތުން ދައްކައިފިއެވެ.



އެގޮތުން، މަސްވެރިކަމުގެ ލައިސަންސް ދެވިފައިވާ އުޅަނދުތަކުގެ ލިސްޓަކީ ފިޝަރީޒް މިނިސްޓްރީން ދުވަހުން ދުވަހަށް އަދާހަމަ ކޮށް، ޝާއިއު ކުރަމުން ގެންދާ ލިސްޓެކެވެ.

ނިމިިދިޔަ ފަސް އަހަރުގެ އެ ލިސްޓަށް ބަލާއިރު، ޑިސެމްބަރު 2018 ގައި މަސްވެރިކަމުގެ ލައިސަންސް ނަގާފައި ވަނީ 688 ދޯނިންނެނެވ. ނަމަވެސް ނިމުނު 2023 ވަނަ އަހަރު މަސްވެރިކަމުގެ ލައިސަންސް ނަގާފައި ވަނީ 515 ދޯންޏެވެ. އެހެންކަމުން އެ ފަސް އަހަރު ތެރޭގައި 173 ދޯނި މަދުވީއެވެ.

ނިމިދިޔަ ދައުރުގައި 173 ދޯނި މަސްވެރިކަން ހުއްޓާލާފައި ވާއިރު، އަދިވެސް ދަނީ އެ އަދަދު މަދުވަމުންނެވެ. އެގޮތުން ހުސްވި އެޕްރީލްމަހުގައި މަސްވެރިކަމުގެ ލައިސަންސް ނަގާފައި ވަނީ 418 ދޯންޏަކުންނެވެ.

މަސްވެރިކަމުގެ ސިނާއަތް ދޫކޮށްލާ ޒުވާނުން އިތުރުވާ ފަދައިން، މަސްވެރި އުޅަނދުފަހަރުވެސް ދަނީ މަދުވަމުންނެވެ. މަހަށްދާނެ މީހުން ނުލިބޭ ކަމަށް ބުނެ، މިފަހުން ވެސް އެތައް އުޅަނދެއް ވިއްކާލާފައި ވެއެވެ.



More from Masverin