ރަސްގެތީމުގައި މަސްކަނޑާ ތަނެއް ހަދައިދޭނެ ފަރާތެއް ހޯދަނީ

Tue, 07 May 2024 06:08 PM

View on this article on Masverin

ރަސްގެތީމުގައި މަސްކަނޑާ ތަނެއް ހަދައިދޭނެ ފަރާތެއް ހޯދަނީ

ރ.ރަސްގެތީމުގައި މަސްކަނޑާ ތަނެއް އަޅާދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިޢުލާންކޮށްފިއެވެ. ރަސްގެތީމު ކައުންސިލުން ބުނީ  އެކައުންސިލުން ދައްކާ ނަމޫނާ އާއި އެއްގޮތަށް މަސްކަނޑާ ތަނެއް އަމިއްލަ ތަކެތީގައި އަޅައިދޭނެ ފަރާތެއް ހޯއްދުމަށް ބޭނުންވާކަމަށެވެ.



މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2024 މެއި 14 ވާ އަންގާރަ ދުވަހުގެ 13:00 އަށް ކައުންސިލް އިދާރާއަށް ހާޒިރުވެ މައުލޫމާތު ސާފުކުރަން ޖެހެއެވެ.

އަދި 2024 މެއި 19 ވާ އާދިއްތަ  ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހަޅަންޖެހެއެވެ.

އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނިއެވެ.

އަދި މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ އެއްވެސް ފަރާތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަންނާނެ ކަމަށްވެސް ކައުންސިލުން ބުނެއެވެ.

އިތުރު މައުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރާނީ [email protected]އަށް ނުވަތަ ގުޅާނީ މި އިދާރާގެ ނަންބަރ: 6580068 / 9777183 ފޯނަށެވެ.

 



More from Masverin