ގަވާއިދު: ބޮޑުކަންނެލީގެ ކޯޓާ ކަނޑައެޅުމުގައި ރިޢާޔަތް ކުރަންވީ ކަންކަން

Tue, 07 May 2024 09:01 AM

View on this article on Masverin

ގަވާއިދު: ބޮޑުކަންނެލީގެ ކޯޓާ ކަނޑައެޅުމުގައި ރިޢާޔަތް ކުރަންވީ ކަންކަން

ރާއްޖެއިން ކޮންމެ އަހަރަކު ބޮޑުކަންނެލި ބާނަންވީ މިންވަރުގެ ޖުމުލަ ކޯޓާ ކަނޑައެޅުމުގެ އިހުތިޔާރު ފިޝަރީޒް މިނިސްޓްރީއަށް ލިބިގެންވެއެވެ.



ޖުމުލަ ކޯޓާ ކަނޑައެޅުމުގައި ބައެއް ކަންކަމަށް ރިއާޔަތް ކުރަން ޖެހެއެވެ. އޭގެ ތެރޭގައި ހިމެނެނީ، ބޮޑުކަންނެލީގެ ސްޓޮކްތަކުގެ ހާލަތު ހުރި ނެތް ގޮތާއި، ބޮޑުކަންނެލީގެ ސްޓޮކްތަކުގެ ހާލަތާ ބެހޭގޮތުން ލިބެންހުރި މައުލޫމާތުގެ ސައްހަކަމުގެ އިތުރުން ރާއްޖޭގެ މަސްވެރިކަމާއި އިގްތިސޯދު ކުރިއެރުވުމާއި އަދި މަސްވެރިކަމުގެ ސިނާއަތުގައި ވަޒީފާއާއި މަސައްކަތުގެ ފުރުސަތު ދެމެހެއްޓުމުގެ މުހިންމުކަމެވެ.

ކަނޑައަޅާފައިވާ ޖުމުލަ ކޯޓާއަށްވުރެ އިތުރުނުވާނެ ގޮތެއްގެމަތިން، ކަނޑައެޅޭ އުސޫލަކާ އެއްގޮތަށް، ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ކޯޓާ ދޫކުރާނީ ފިޝަރީޒް މިނިސްޓްރީންނެވެ.

އަދި ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް އުޅަނދުފަހަރަށް ކޯޓާ ދޫކުރުމުގައިވެސް ވަކި ކަންކަމަކަށް ރިއާޔަތް ކުރަން ޖެހެއެވެ. އޭގެ ތެރޭގައި ހިމެނެނީ:-

  • ކަނޑައަޅާފައިވާ ޖުމުލަ ކޯޓާގެ މިންވަރު
  • ބޮޑުކަންނެލީގެ މަސްވެރިކަމުގެ ކޯޓާއަށް އެދޭ އުޅަނދުގެ ގިންތިއާއި، ދިގުމިނާއި ފުޅާމިން އަދި ގްރޮސް ޓަނޭޖް
  • ކޮންމެ ގިންތިއަކުން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ކޯޓާއަށް އެދޭ އުޅަނދުފަހަރުގެ އަދަދު
  • ކޯޓާ ލިބޭ އުޅަނދު، ބޮޑުކަންނެލީގެ މަސްވެރިލަމުގައި ކުރިން ހަރަކާތްތެރި ވެފައިވާނަމަ، ކުރީ އަހަރުތަކުގައި ބާނާފައިވާ މަހުގެ މިންވަރު، މިއެވެ


More from Masverin