މިވަގުތު ރާއްޖޭގައި 14 ވަދު މަސް ކަނދުފަތި ގާއިމު ކުރެވިފައިވޭ: މިނިސްޓްރީ

Wed, 27 Mar 2024 09:57 PM

View on this article on Masverin

މިވަގުތު ރާއްޖޭގައި 14 ވަދު މަސް ކަނދުފަތި ގާއިމު ކުރެވިފައިވޭ: މިނިސްޓްރީ

ރާއްޖޭގެ ކަނދުފަތި ވިއުގަރގައި މިވަގުތު 14 ވަދު މަސްކަނދުފަތި ގާއިމު ކުރެވިފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.



އެކްސްގައި ކުރި ޕޯސްޓްގައި މިނިސްޓްރީން ބުނީ، ވަދުމަސް ކަނދުފައްޗަކީ (ރީނދޫކުލައިގެ ބޮއި) މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަން ކުރުމަށް ޚާއްސަކޮށް ހަރުކޮށްފައިވާ ކަނދުފަތިތަކެއް ކަމަށެވެ.

<މީހުން ދިރިއުޅާ ރަށްރަށާއި ކައިރީގައި، ރަށްރަށުގެ ފުށޮޅުގައި ޤާއިމުކުރަންފެށި ވަދު ކަނދުފަތި، މިނިސްޓްރީގެ ފަރާތުން ފަރުމާކޮށްފައިވަނީ ދުރަށް ފެންނަ ފަދަ ބައްތިއަކާއި، ކަނދުފަތި އޮތް ތަން ދެނެގަތުމަށް އުޅަނދުފަހަރަށް ބޭނުންކުރެވޭ ފަދަ [ރާޑަރ ރިފްލެކްޓަރ] އަކާއި އެކުއެވެ.

ވަދު މަސްވެރިކަމަށް ޚާއްސަ ކަނދުފަތި ފަރުމާކޮށްފައިވާނީ ދޮށީގެ މަސްވެރިކަމަށް ޚާއްސަކޮށްފައިވާ ކަނދުފަތިތަކާއި ވަކިކުރުމަށް ފަސޭހަ ވާގޮތަށް އަދި ނުލުގެ އުދަރެހާއެކު ހޯދުމަށް ފަސޭހަ ވާ ގޮތަށް "ރީނދޫ" ކުލައިގައެވެ.

ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ޤާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ.



More from Masverin