މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށް 2 އަތޮޅަކަށް ހުދު ސަމާލު

Sat, 27 Apr 2024 06:50 PM

View on this article on Masverin

މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށް 2 އަތޮޅަކަށް ހުދު ސަމާލު

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ދެކުނުގެ 2 އަތޮޅަކަށް ހުދު ސަމާލު ނެރެފިއެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ފުވައްމުލައް ސިޓީއިން ފެށިގެން އައްޑޫ ސިޓީއަށެެވެ.



އެއީ 18:10 އިން 23:30 އަށެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ މި އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ރޭވެސް ވަނީ މި އަތޮޅުތަކަށް ބޯކޮށް ވާރޭވެހިފައެވެ. އަދި މެޓުންވަނީ ރޭ މި އަތޮޅިތަކަށް ރީނދޫ ސަމާލުވެސް ނެރެފައެވެ.

މިހާރު ގުނަމުން މިދަނީ ހުޅަނގު މޫސުމުގެ ދެވަނަ ނަކަތް ކަމުގައިވާ "ބުރުނު" ނަކަތުގެ ދުވަސްތަކެވެ. މިމަހުގެ 22ވަނަ ދުވަހުން އަންނަމަހުގެ 5ވަނަ ދުވަހަށް ކުރައަށްދާ ބުރުނު ނަކަތް ފެށޭއިރު ވިއްސާރަވެފައި ވައި ގަދަވާނެއެވެ. އެހެން ނަމަވެސް ނަކަތް ނިމޭއިރު މޫސުން ރަނގަޅުވާނެއެވެ.



More from Masverin