މަހުގެ ކައްޓެއް ކަރުގައި ތާށިވެ، ސާޖަރީއެއް ހަދަން ޖެހިއްޖެ

Sat, 27 Apr 2024 07:21 PM

View on this article on Masverin

މަހުގެ ކައްޓެއް ކަރުގައި ތާށިވެ، ސާޖަރީއެއް ހަދަން ޖެހިއްޖެ

އިނެސް ރިޗާޑްސް އަކީ މަހުގެ ބޯ ހަފައިގެން ކާ ހިތްވާ މީހެކެވެ. އުމުރުން 91 އަހަރުގެ މި އަންހެން މީހާ އާއްމުކޮށްވެސް މަހުގެ ބޯ ހަފައިގެން ކައެވެ. އެހެންނަމަވެސް އޭނާ އެންމެ ފަހުން މަހުގެ ބޯލެއް ކެއި ދުވަހު ކަރަށް އުނދަގޫވާން ފެށިއެވެ.



އަދި ގޭގައި ދެވުނު ފަރުވާތަކުންވެސް އެއްވެސް ލުޔެއް ނުލިބުމުން ހޮސްޕިޓަށް ދިޔުމުން އެނގުނީ ކަރުގައި ކަޓެއް ތާށިވެފައިވާ ކަމަށާއި އޭތި ނެގުމަށް ވަގުތުން އޮޕަރޭޝަނަށް ކުރަން ޖެހޭ ކަމެވެ.

ދުބާއީގައި ހިނގި މި ހާދިސާގައި އިނޭޒްއަށް ކާ އެއްޗެހި ނުކެވޭވަރަށް ތަދުވާން ފެށީ މަހުގެ ބޯ ކެއިތާ އެއްދުވަސް ފަހުންނެވެ. ތަދަށް ލުޔެއް ލިބޭތޯ ޕާން ކަހަލަ އެއްޗެހި އޭނާގެ ދަރިފުޅު ދިނެވެ. އެހެންނަމަވެސް ދަތަށް އެއްވެސް ލުޔެއް ނުލިބި 5 ދުވަސްވުމުން ހޮސްޕިޓަލަށް ދިޔައެވެ.

އުމުރުން ދުވަސްވެފައިވުމާއި ސިއްހީ އެހެން ބަލިތަކަށްވެސް ފަރުވާކުރަމުން ދިޔުމުން، ސާރޖަރީއެއް ހެދުން ވެގެންދިޔައީ ޑޮކްޓަރުންނަށްވެސް ދަތި ކަމަކަށެވެ.

އެހެން ނަމަވެސް އިނެޒް ވަރަށް ބޮޑަށް އެއްބާރުލުން ދިން ކަމަށާއި ސަރޖަރީއަށް ފަހު ހޮޅި ގުޅައިގެން ކާން ދިން ނަމަވެސް މިހާރު ހޮޅި ނައްޓާލާފައިވާ ކަމަށް އާއިލާއިން މައުލޫމާތުދެއެވެ.

ކަރުގައި މަސް ކަށި ތާށިވުމުގެ ހާދިސާތަކުގައި މީހުންގެ ފުރާނައަށްވެސް ގެއްލުންވެފައި އެބަހުއްޓެވެ. ޑޮކްޓަރުންވަނީ މަސް ކެއުމުގައި މިފަދަ ކަންތައްތަކަށް ފަރުވާ ބެހެއްޓުމަށް އިލްތިޒާމްކޮށްފައެވެ.



More from Masverin