ސަމާލުވޭ! މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި!

Thu, 09 May 2024 06:29 PM

View on this article on Masverin

ސަމާލުވޭ! މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި!

މޫސުން ގޯސްވެ، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.



މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައި ވަނީ މިރެއާ ހަމައަށެވެ. އެގޮތުން މިރޭ11:00 ގެ ނިޔަލަށް މުޅި ރާއްޖެއަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު40 މޭލަށް ވައި ގަދަ ވާނެ ކަމަށް މެޓުން ލަފާކުރެއެވެ.

މަސްވެރިނާނާއި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސް ކުރެއެވެ. މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ހިތާމަވެރި ހާދިސާތައްވެސް ހިނގާދާނެކަމަށް ރައްކާތެރިވެ ތިބެން ޖެހެއެވެ.



More from Masverin