އަހަރުގެ ފުރަތަމަ 2 މަސްތެރޭ ވިއެޓްނާމުން 80އަށްވުރެ ގިނަ ޤައުމަށް ކަންނެލި އެކްސްޕޯޓުކޮށްފި

Wed, 27 Mar 2024 07:29 PM

View on this article on Masverin

އަހަރުގެ ފުރަތަމަ 2 މަސްތެރޭ ވިއެޓްނާމުން 80އަށްވުރެ ގިނަ ޤައުމަށް ކަންނެލި އެކްސްޕޯޓުކޮށްފި

މިއަހަރުގެ ފުރަތަމަ 2 މަސްދުވަސްތެރޭ ވިއެޓުނާމުން ދުނިޔޭގެ 80އަށްވުރެ ގިނަ ޤައުމަށް ކަންނެލި އެކްސްޕޯޓުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.



މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 10 ޤައުމުގެ އިތުރުވުމެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހު ވިއެޓުނާމުންވަނީ ކެނެޑާ އަދި ޗިލީއަށް ގިނަ އަދަދަކަށް މަސް ބޭރުކޮށްފައެވެ. އެގޮތުން ކެނެޑާއަށް އެކްސްޕޯޓުކުރި މަހުގެ އަދަދަށް 146 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާއިރު، ޗިލީއަށް އެކްސްޕޯޓުކުރި މަހުގެ އަދަދުވަނީ 116 އިންސައްތަ އިތުރުވެފައެވެ.

ބައެއް ޤައުމުތަކަށް މަސް އެކްސްޕޯޓުކުރި މިންވަރު ވަނީ ދަށްވެފައެވެ. އެގޮތުން ޖެނުއަރީމަހާއި އަޅާ ބަލާއިރު ފެބްރުއަރީމަހު އެމެރިކާއަށް އެކްސްޕޯޓުކުރިމަހުގެ އަދަދުވަނީ 8 އިންސައްތަ ދަށްވެފައެވެ. އަދި އީޔޫގެ ޤައުމުތަކަށް އެކްސްޕޯޓުކުރިމަހުގެ އަދަދުވަނީ 16 އިންސައްތަ ދަށްވެފައެވެ.

އަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައިވެސް އީޔޫގެ ޤައުމުތަކަށް އެކްސްޕޯޓުކުރާ މަހުގެ އަދަދު ދަށްވާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ. ސަބަބަކީ ވިއެޓްނާމުގައި ބެލެހެއްޓުމެއް ނެތި ކުރަމުންދާ މަސްވެރިކަމާއި ދެކޮޅަށް އީޔޫއިން ޔެލޯ ކާޑު ދައްކާފައިވުމެވެ.

އެހެންނަމަވެސް ބައިނަލްއަޤްވާމީ ގިނަ ސީފުޑް ފެއަރތަކުގައި މިއަހަރުގެތެރޭގައި ބައިވެރިވެ، އެމެރިކާ ފަދަ މާރކެޓުތަކަށް އެކްސްޕޯޓުކުރާ މަސް އިތުރުވެގެންދާނެ ކަމަށް މި ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިވެރިން ލަފާކުރެއެވެ.



More from Masverin