ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީ ޢަބްދުއްސަލާމް ޢާރިފް އިންތިޚާބު ކޮށްފި

Mon, 21 Oct 2024 07:58 PM

View on this article on Khabaru Online

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީ ޢަބްދުއްސަލާމް ޢާރިފް އިންތިޚާބު ކޮށްފި

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ހުސްވެފައިވާ މަޤާމަށް ކުރީގެ ޗީފް އޮމްބަޑްސްޕާސަން ޢަބްދުއްސަލާމް ޢާރިފް ވަނީ އިންތިޚާބު ކޮށްފިއެވެ.



މި މަޤާމުގެ ދައުރަކީ 3 އަހަރު ދުވަހެވެ. މިއަދު ބޭއްވުނު އިންތިޚާބުގައި ޖުމްލަ 248 ވަކީލުން ވޯޓުލެއްވި ނަމަވެސް، ވޯޓުލުމަށް ރަޖިސްޓްރީ ކުރި 747 ވަކީލަކު ވޯޓުލުމުގައި ބައިވެރިވެފައެއް ނުވެއެވެ. ޢަބްދުއްސަލާމް އެ މަޤާމަށް އިންތިޚާބުކުރެއްވުމަށް 140 ވަކީލުން ތާއީދުކުރައްވާފައިވާއިރު، 108 ވަކީލުން ވަނީ އިންތިޚާބުކުރެއްވުމަށް ނުފެންނަ ކަމަށް ވޯޓުދެއްވާފައެވެ.

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޤާނޫނީ ދާއިރާ ކުރިއެރުވުމާއި، ޒުވާން ޤާނޫނީ ވަކީލުންނަށް ފުރުޞަތު ތަނަވަސްކޮށްދިނުމާއި، ވަކީލުން ބާރުވެރިކުރުވުމާއި ކުރިއެރުވުން ހިމެނެއެވެ. ކުރިން ބާ ކައުންސިލް އެކުލެވިގެންވީ ވަކީލުން އިންތިޚާބުކުރާ ކައުންސިލުގެ ރައީސް، ނައިބު ރައީސްގެ އިތުރުން ހިންގާ ކޮމިޓީއަށް އިންތިޚާބުކުރާ 6 މެންބަރުންނާއި ބަންޑާރަ ނައިބު ހިމެނޭ ގޮތަށެވެ.

ނަމަވެސް ޤާނޫނީ ފަންނުގެ ޤާނޫނަށް ގެނެވުނު 3 ވަނަ އިޞްލާޙާ ގުޅިގެން އެގްޒެކެޓިވް ކޮމިޓީން ބަންޑާރަ ނައިބުގެ މަޤާމު އުނިކުރެވި، މިހާރު އެ ކޮމިޓީގައި ތިއްބަވަނީ 8 މެންބަރުންނެވެ. މިއަދު އިންތިޚާބުކުރެވުނު އައު މެންބަރާއެކު، އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންގެ އަދަދު 9 އަށް އިތުރުވެގެންދާނެއެވެ.

The post ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީ ޢަބްދުއްސަލާމް ޢާރިފް އިންތިޚާބު ކޮށްފި first appeared on Khabaru Online.



More from Khabaru Online