ޝިއާއުގެ މަރު: ތަހުގީގަށް ދިން ބަޔާންތަކަށް އިންކާރުކޮށް، ސާހިލް އެދުނީ އެ ބަޔާންތައް ކޯޓުން ބަލައި ނުގަތުމަށް

Mon, 21 Oct 2024 09:39 PM

View on this article on Khabaru Online

ޝިއާއުގެ މަރު: ތަހުގީގަށް ދިން ބަޔާންތަކަށް އިންކާރުކޮށް، ސާހިލް އެދުނީ އެ ބަޔާންތައް ކޯޓުން ބަލައި ނުގަތުމަށް

މާލޭގައި އަނިޔާވެރި ގޮތަކަށް ޝިއާއު މުހައްމަދު ސައީދު (ޝިއާ) މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ޒުވާން ސްކޭޓަރު އަލީ ސާހިލް ތަހުގީގަށް ދިން ބަޔާންތަކަށް އިންކާރުކޮށް، ބަލައިނުގަތުމަށް އޭނާ ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.



ޝިއާ މަރާލާފައި އޮއްވާ ފެނިފައިވަނީ ހ. ޝީރީން ވިލާގެ ނުވަ ވަނަ ފަންގިފިލާއިން 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ހަވަނަ ދުވަހުއެވެ. ޝިއާގެ މަރާ ގުޅިގެން އެރޭގެ ވަގުތެއްގައި ސީނުން ވަނީ ފ. ނިލަންދޫއަށް ނިސްބަތްވާ ޒުވާން ސްކޭޓަރު އަލީ ޝާހިލް ހައްޔަރު ކޮށްފައެވެ.

އޭނާގެ މައްޗަށް ފަސް ދައުވާއެއް އުފުލާފައި ވެއެވެ. އެ މައްސަލައިގައި ޝާހިލްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ ޑިސެމްބަރު 28 ވަނަ ދުވަހުއެވެ.

ޝާހިލްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާގެ އިތުރުން އިތުރު ހަތަރު ދައަވާއާއެކު, އެކު ޖުމްލަ ފަސް ދައުވާ ކުރުމަށް ކޯޓަށް ހުށަހަޅާފައިވެއެވެ.

މި މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ހިނގަމުންދާއިރު، މިއަދު އޮތް ސިއްރު އަޑުއެހުގައި ކްރިމިނަލް ކޯޓުން ވަނީ ޝާހިިލް ދައުވާ ތަަކަށް ވަކި ޖަވާބެެއް ދޭން އުޒުރުވެރިވާތީ އިންކާރު ކުރީ ކަމަށް ކަނޑަައަޅާފައި ވެއެވެ. އަދި ފަސް ދައުވާއާ ގުޅިގެން ދިފާއީ ހެކި ހުށަހަޅާފައި ނެތް ކަމަށް ކޯޓުން ބުނެފައި ވެއެވެ.

އަދި ތަހުގީގައި ޝާހިލް ދިން ބަޔާންތަކަށް އިންކާރު ކުރާކަމަށް ސާހިލް ބުނެފައިވާއިރު، އެ ބަޔާންތައް ޝަރީއަތަށް ބަލައި ނުގަތުމަށް ހުށަހަޅަން ބޭނުންވާ ކަމަަށް ޝާހިލް ވަނީ ބުނެފައެވެ.

މީގެ އިތުރުން ދައުލަތުން ވަނީ ހުށަހަޅާފައިވާ ބައެއް ހެކިންގެ ހެކިބަސް ސިއްރުން ނަގައި ދިނުމަށް ހުށަހަޅަލް ބޭނުންވާ ކަމަށް ބުނެފައެވެ.

މިއާއެކު ސިއްރުން ހިމެނޭ ތިން ދައުވާއެއްގެ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ކޯޓުން ވަނީ ފުރުސަތު ދީފައެވެ.

އަދި މަސްތުވާތަކެތި ބޭނުން ކުރުމާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާގެ އިބްތިދާއީ ނިމުނުކަން ވަނީ އިއުލާން ކޮށްފައެވެ. އެ ދެ ދައުވާގައި ދެން އޮންނާނީ އިފްތިތާހީ ބަޔާން ހުށަހަޅައި ހެކި ބަސް ނެގުމެވެ.

The post ޝިއާއުގެ މަރު: ތަހުގީގަށް ދިން ބަޔާންތަކަށް އިންކާރުކޮށް، ސާހިލް އެދުނީ އެ ބަޔާންތައް ކޯޓުން ބަލައި ނުގަތުމަށް first appeared on Khabaru Online.



More from Khabaru Online