ދުންފަތާއި ދުންފަތުން އުފައްދާ ތަކެތި ގަނެވޭ އެންމެ ދަށް އުމުރަކީ 21 އަހަރުކަމުގައި ހެދުމަށް ރައީސް ނިންމަވައިފި

Tue, 22 Oct 2024 12:38 AM

View on this article on Khabaru Online

ދުންފަތާއި ދުންފަތުން އުފައްދާ ތަކެތި ގަނެވޭ އެންމެ ދަށް އުމުރަކީ 21 އަހަރުކަމުގައި ހެދުމަށް ރައީސް ނިންމަވައިފި

ދުންފަތާއި ދުންފަތުން އުފައްދާ ތަކެތީގެ ވިޔަފާރި މުޢާމަލާތްތަކުގައި ބައިވެރިވެވޭ އުމުރު 18 އަހަރުން 21 އަހަރަށް އުފުލުމަށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމަށް ސަރުކާރުން މުހިންމު ނިންމުމެއް ނިންމައިފިއެވެ. މި މަޢުލޫމާތު ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.



ރައީސް މުޢިއްޒު ވިދާޅުވީ، މި އިޞްލާޙުގެ ދަށުން ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުން މަނާކުރެވޭނެ ކަމުގައެވެ. މީގެ މަޤްޞަދަކީ ޒުވާނުން ދުންފަތުގެ ނުބައި އާދަތަކުން ދުރުހެލިކުރުމެވެ. މި އިޞްލާޙުތައް ހިމެނޭ ބިލު މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފައިވާ ކަމަށާއި، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު އަޅާ ފިޔަވަޅުތައް ހަރުކަށިކުރުމަށްވެސް މި އިޞްލާޙުގައި ހިމެނޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މި ބަދަލުތަކަކީ ޞިއްޙަތަށް ގެއްލުންހުރި ދުންފަތުގެ އިސްތިޢުމާލު މަދުކުރުމަށް އަޅާ މުހިންމު ފިޔަވަޅުތަކެކެވެ.

The post ދުންފަތާއި ދުންފަތުން އުފައްދާ ތަކެތި ގަނެވޭ އެންމެ ދަށް އުމުރަކީ 21 އަހަރުކަމުގައި ހެދުމަށް ރައީސް ނިންމަވައިފި first appeared on Khabaru Online.



More from Khabaru Online