ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްގެން ހައްޔަރުކުރި ބްރެޒިލްގެ އަންހެން މީހާގެ ބަންދަށް 30 ދުވަސް އިތުރު ކޮށްފި

Mon, 21 Oct 2024 10:00 PM

View on this article on Khabaru Online

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްގެން ހައްޔަރުކުރި ބްރެޒިލްގެ އަންހެން މީހާގެ ބަންދަށް 30 ދުވަސް އިތުރު ކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު 33 އަހަރުގެ ބްރެޒިލް އަންހެނާގެ ބަންދު މުއްދަތު 30 ދުވަހަށް ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ. ފުލުހުން ބުނާ ގޮތުގައި އޭނާ ރާއްޖެ އައި ދަތުރުމަތީގައި ގެނައި ދަބަހުގައި ހަތަރު ކިލޯގެ މަސްތުވާތަކެތި ފެނިފައިވެއެވެ.



ނަމަވެސް، އެ ދަބަހާ ގުޅޭ އިތުރު މަޢުލޫމާތު ނޭނގޭތީ ކޮންޓްރޯލް ޑެލިވަރީ ޖެއްސުމަށް އެއްބާރުލުން ދެވިފައިނުވާ ކަމަށް އޭނާ ބުނެފައިވެއެވެ.

ކޯޓުގައި އޭނާ ވަނީ ބަލިވެއިން ކަމަށާއި، އެއް ފަޅި ޕެރަލައިޒްވެފައިވާ ކަމަށް ބުނެފައިވާތީ، މި ކަންކަން ގާތުން ބެލުމަށް ކޯޓުން ފުލުހުންނަށް އަންގާފައިވެއެވެ. ފުލުހުން ބުނާ ގޮތުގައި އޭނާގެ ބޭސްފަރުވާއާ ގުޅޭ ލިޔެކިޔުންތައް ބަންދު މަރުކަޒާ ހަވާލުކޮށްފައިވާ ކަމަށާއި، އޭނާ ބަންދުގައި ހުރިކަން އެމްބަސީއަށް އަންގާފައިވާ ކަމަށެވެ. އަދި އޭނާއަށް ފޯނުކޯލުގެ ފުރުޞަތު ދެވުނު ނަމަވެސް، އޭނާގެ މަންމައާއި އެމްބަސީގެ ނަންބަރުތަކަށް ގުޅުމުން ފޯނަށް ޖަވާބުދީފައި ނުވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކަސްޓަމްސްއިން ބުނާ ގޮތުގައި އޭނާގެ އަތުން ފެނުނު މަސްތުވާތަކެތީގެ އަގު ހަ މިލިއަން ރުފިޔާއަށް އަރައެވެ. މި މައްސަލައިގައި އިތުރަށް ތަޙްޤީޤު ކުރިއަށްދާއިރު، އޭނާގެ ޞިއްޙީ ހާލަތަށް ސަމާލުކަން ދިނުމަށާއި، ޤާނޫނީ އަދި ޑިޕްލޮމެޓިކް އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްކަންދޭ ކަމަށް ފާހަގަކުރެވެއެވެ.

The post ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްގެން ހައްޔަރުކުރި ބްރެޒިލްގެ އަންހެން މީހާގެ ބަންދަށް 30 ދުވަސް އިތުރު ކޮށްފި first appeared on Khabaru Online.



More from Khabaru Online