ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ޑައިރެކްޓަރުގެ މަގާމުން ޒިޔާއު ވަކިކޮށްފި

Mon, 21 Oct 2024 09:33 PM

View on this article on Khabaru Online

ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ޑައިރެކްޓަރުގެ މަގާމުން ޒިޔާއު ވަކިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ޑައިރެކްޓަރު ހަސަން ޒިޔާއު މަޤާމުން ވަކިކޮށްފިއެވެ.



ޒިޔާއު މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ޕާލަމެންޓަރީ ސަރވިސް ގަވާއިދުގެ ކޯޑު އޮފް ކޮންޑަކްޓާ ޚިލާފުވިކަމަށް ބުނެ މިއަދު އޭނާ މަޤާމުން ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް، ޒިޔާއު ބުނެފައިވާ ގޮތުގައި އޭނާގެ މަޤާމަކީ ސިޔާސީ މަޤާމަކަށް ނުވާއިރު، މި ވަކިކުރުން ވަނީ ޕާލަމެންޓަރީ ސަރވިސްގެ ގަވާއިދާ ޚިލާފަށެވެ.

ޒިޔާއު ތުހުމަތުކުރާ ގޮތުގައި އޭނާ މަޤާމުން ވަކިކުރީ ގަވާއިދުގައި ބަޔާންކުރާ އިޖުރާއަތްތަކާ ޚިލާފަށް، ނޯޓިސް ދިނުމަކާ ނުލައި، އަވަސްއަރުވާލައިގެންނެވެ. އަދި މި ވަކިކުރުމުގެ ފަހަތުގައިވަނީ މަޖިލީހުގެ އިދާރާގެ އިސްވެރިންނާ ދެކޮޅަށް ވާހަކަދެއްކުމާއި، ބެކް ޑޭޓްކޮށް ބައެއް ޕްރޮކިއުމަންޓް ރިކުއެސްޓްތަކުގައި ސޮއިކުރުމަށް އިންކާރުކުރުން ފަދަ ކަންކަމާ ގުޅިގެން އުފެދުނު ޒާތީ ހަސަދަވެރިކަން ކަމަށް ޒިޔާއު ބުނެފައި ވެއެވެ.

ޒިޔާއު އިތުރަށް ބުނެފައިވަނީ، މި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް އަދި މަޖިލީހުގެ އާންމު ކޮމިޓީއަށް ހުށަހަޅުއްވާނެ ކަމަށެވެ. މި މައްސަލައިގައި ޒިޔާއު ދެކެނީ އޭނާގެ ވަޒީފާގެ ޙައްޤުތަކަށް އަރައިގަނެވި، ގަވާއިދާ ޚިލާފަށް ވަޒީފާއިން ވަކިކުރެވިފައިވާ ކަމަށެވެ.

The post ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ޑައިރެކްޓަރުގެ މަގާމުން ޒިޔާއު ވަކިކޮށްފި first appeared on Khabaru Online.



More from Khabaru Online