އެޗްޑީސީއަށް ފައިސާ ނުދައްކާ މީހުންގެ ނަންތައް އާންމުކުރަން ނިންމައިފި

Mon, 21 Oct 2024 06:37 PM

View on this article on Khabaru Online

އެޗްޑީސީއަށް ފައިސާ ނުދައްކާ މީހުންގެ ނަންތައް އާންމުކުރަން ނިންމައިފި

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ހުރި ވިޔަފާރިތަކުގެ ނަންތައް އާންމުކުރަން އެ ކުންފުނިން ނިންމައިފިއެވެ.



އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ވިޔަފާރި އުސޫލުން ދެމުން އަންނަ ހިދުމަތްތަކާއި ދޫކޮށްފައިވާ ތަންތަން އަދި ތަރައްގީ ކުރަމުން އަންނަ ތަންތަނަށް ފައިސާ ދައްކަން ޖެހި، ނުދައްކާ ހުރި ފަރާތްތަކުން އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ފައިސާ ދައްކާ ހަލާސްކުރަން އަންގާ ކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި ފައިސާ ދެއްކުމަށް އުޒުރުވެރިވާ ފަރާތްތަކަށް އިތުރު ނޯޓިހެއް ދޭނެ ކަމަށް އިއުލާންގައިވެއެވެ.

އެ ނޯޓިހާ އެކު އެ ފަރާތްތަކުގެ މައުލޫމާތާއި ދައްކަން ޖެހޭ ފައިސާގެ ތަފްސީލުތައް ވެބްސައިޓްގައި ޝާއިއުކުރާނެ ކަމަށް އެޗްޑީސީގެ އިއުލާންގައިވެއެވެ.

އެޗްޑީސީން ބުނި ގޮތުގައި މިއީ ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އަޅާ ފިޔަވަޅެކެވެ.



More from Khabaru Online