ޖުވާ ކުޅުމުން ޅަދަރީން ސަލާމަތް ކުރުމަށް މައިންބަފައިން ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ: ޚުޠުބާ

Fri, 18 Oct 2024 01:59 PM

View on this article on Khabaru Online

ޖުވާ ކުޅުމުން ޅަދަރީން ސަލާމަތް ކުރުމަށް މައިންބަފައިން ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ: ޚުޠުބާ

ޒަމާނީ ވަސީލަތްތަކުގެ އެހީގައި ޖުވާކުޅުން އާންމުވަމުންދާ ކަމަށާއި، އޭގެ ޝިކާރައަކަށް ހަރުމީހުންނާއި، ޒުވާނުންނާއި، ކިޔަވާކުދިން ވެގެންދާކަމަކީ ހިތާމަހުރި ކަމެއްކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.



"ޖުވާ ކުޅުމަކީ ހަރާމްކަމެއް" މި މައުލޫޟޫއަށް ޚާއްސަ ކުރެވިގެންދިޔަ މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވީ ޖުވާކުޅޭ ވެބްސައިޓްތަކާއި، ގޭމުތަކާއި، އެޕުތައް މިހާރު އާންމުވަމުންދާ ކަމަކަށާއި، ޓެކްނޮލޮޖީގެ އެހީގައި ކުޅޭ މިބާވަތުގެ ޖުވާއިން ދަރީން ސަލާމަތްކުރުމަށްޓަލާ ބެލެނެވެރިން ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމުގައެވެ.

ކީރިތި ރަސޫލާ ހަދީސް ކުރައްވާފައިވާ ގޮތުގައި އަޅާ އޭނާ މުދާ ހޯދީ ކޮންތާކުންތޯއާއި އެ މުދާ ހޭދަކުރީ ކޮންކަމަކުންތޯ ސުވާލު ވެވިއްޖައުމަށް ދާންދެން ގިޔާމަތް ދުވަހުގައި އޭނާގެ ދެފައި ހުރިތަނުން ގުޑުވާ ނުލެވޭ ހުއްޓެވެ!

މިއަދުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

މިއަދުގެ ޚުޠުބާގައި އިތުރަށް ވިދާޅުވި ގޮތުގައި ހައްގަކާއި ނުލާ މީހުންގެ ފައިސާ ކެއުމަށްޓަކާ މާއްދިއްޔަތުގެ އަޅުން ތަފާތު ބާވަތްބާވަތުގެ އުކުޅުތައް ބޭނުންކުރާން ފަށާފައިވާ ކަމުގައެވެ. އެގޮތުން ﷲ ޖުވާ ހަރާމް ކުރެއްވީ އެއިން ފަރުދުންނަށާއި މުޖުތަމައަށް ލިބޭ ގެއްލުމާއި އެކަމުގައި ހިމެނޭ ފަސާދައިގެން ބޮޑުކަމުން ކަމުގައި ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

އޭގެ ތެރޭގައި ޖުވާކުޅޭ ދޭދޭ މީހުންގެ މެދުގައި ހިނގާ އަރާރުންތަކާއި މާރާމާރީތައް ފާހަގަ ކުރެވޭ ކަމުގައި ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

ޖުވާގެ އަވާގައި ޖެހި، ﷲ ހަނދުމަކުރުން މަތިން ހަނދާންނެތި ނަމާދު އަޅައި، ހައްގުތަކާއި ވާޖިބުތައް ދޫކޮށްލައެވެ. ޖުވާ ކުޅުމުގެ ސަބަބުން އަތްމަތި ދަތިވެ، މީހާ ބަނގުރޫޓުވެ ދަރަނިވެރި ވެއެވެ.

މިއަދުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

މިއަދުގެ ޚުޠުބާގައި ވަނީ އަނބިދަރީންނަށް ކާންދޭ ތަކެއްޗަކީ ހަލާލު ތަކެތި ކަމުގައި ހެދުމަށް ގޮވާލާފައެވެ.

The post ޖުވާ ކުޅުމުން ޅަދަރީން ސަލާމަތް ކުރުމަށް މައިންބަފައިން ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ: ޚުޠުބާ first appeared on Khabaru Online.



More from Khabaru Online