ވޯލްޑް ޓްރެވަލް އެވޯޑްސް ގައި ރާއްޖެއަށް ވޯޓު ދޭން ބާކީ ދެ ދުވަސް!

Fri, 18 Oct 2024 11:51 AM

View on this article on Khabaru Online

ވޯލްޑް ޓްރެވަލް އެވޯޑްސް ގައި ރާއްޖެއަށް ވޯޓު ދޭން ބާކީ ދެ ދުވަސް!

2024 ވަނަ އަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިޔުޓީއޭ) ގައި ދިވެހިރާއްޖެއަށް ވޯޓު ދިނުމުގެ މުއްދަތު ހަމަވާން ދެން އޮތީ އެންމެ ދެ ދުވަހެވެ. މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ވަނީ ރާއްޖެއަށް ވޯޓު ހޯދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.



ދިވެހިރާއްޖެ ވަނީ "ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން 2024″ ގެ ލަގަބާއެކު 6 އެވޯޑަކަށް ނޮމިނޭޓްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

1. ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން 2024
2. ވޯލްޑްސް ލީޑިންގ ގްރީން ޑެސްޓިނޭޝަން 2024
3. ވޯލްޑް ލީޑިންގ ޑައިވް ޑެސްޓިނޭޝަން 2024
4. ވޯލްޑްސް ލީޑިންގ ހަނީމޫން ޑެސްޓިނޭޝަން 2024
5. ވޯލްޑްސް ލީޑިންގ ބީޗް ޑެސްޓިނޭޝަން 2024
6. ވޯލްޑްސް ލީޑިންގ ޓޫރިސްޓް ބޯޑް 2024 (އެމްއެމްޕީއާރުސީ)

20 އޮކްޓޯބަރުގެ ނިޔަލަށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މި ޝަރަފުވެރި މަގާމުތައް ރާއްޖެއަށް ހޯދައިދިނުމަށް ދިވެހިންގެ ތާއީދު ވަރަށް މުހިންމުކަމަށް އެމްއެމްޕީއާރުސީން ވަނީ ފާހަގަކޮށްފައެވެ.

1993 ވަނަ އަހަރު އުފެދުނު ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދުނިޔޭގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ރޮނގުން އެންމެ އިޙްތިރާމް ލިބިފައިވާ އެވޯޑުތަކުގެ ތެރެއިން އެއް އެވޯޑެވެ.

މި އެވޯޑްތަކުން ލިބޭ ޝަރަފަކީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެއަށް ވަރަށް މުހިންމު ކަމެއްކަމަށް އެމްއެމްޕީއާރުސީން ބުނެފައިވެއެވެ.

The post ވޯލްޑް ޓްރެވަލް އެވޯޑްސް ގައި ރާއްޖެއަށް ވޯޓު ދޭން ބާކީ ދެ ދުވަސް! first appeared on Khabaru Online.



More from Khabaru Online