ތިމާވެއްޓާއި ރައްޓެހި ބައިސްކަލުތައް ތައާރަފްކޮށް، ބައިކް ޝެއަރިންގ ސްކީމެއް މާލެ ސަރަަހައްދަށް ތައާރަފް ކުރަނީ

Fri, 18 Oct 2024 11:46 AM

View on this article on Khabaru Online

ތިމާވެއްޓާއި ރައްޓެހި ބައިސްކަލުތައް ތައާރަފްކޮށް، ބައިކް ޝެއަރިންގ ސްކީމެއް މާލެ ސަރަަހައްދަށް ތައާރަފް ކުރަނީ

މާލެ ސަރަހައްދުގައި ތިމާވެށްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ތަޢާރަފުކުރުމަށް ސަރުކާރުން މަސައްކަތް ފަށައިފިއެވެ.



އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި މަޢުލޫމާތު ހާމަކުރެއްވީ ތިމާވެށީގެ ވަޒީރު ތޯރިޤު އިބްރާހީމެވެ. މި މަޝްރޫޢުގެ ދަށުން، ބައިކް ޝެއަރިންގ ސްކީމެއް ހުޅުމާލޭގައި ތަޢާރަފުކުރުމަށް ވަނީ ނިންމާފައެވެ. މިއީ ކުރިން ވެސް ރާއްޖޭގެ ކުންފުންޏަކުން 2018 ގެ ކުރިން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމެއް ނަމަވެސް، އޭރު އޭގެ އަމަލީ މަސައްކަތެއް ނުފެށުނެވެ.

މިނިސްޓަރު ތޯރިޤު ވިދާޅުވި ގޮތުގައި، މި ސްކީމް ތަންފީޒުކުރުމަށްޓަކައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން މަސައްކަތްކުރާނެއެވެ. މި މަޝްރޫޢުއަށް ބޭނުންވާ ދިރާސާތައް ވަނީ ނިންމާފައެވެ. އަދި މިކަމަށް ބޭނުންވާ ފައިސާ ވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ބައިސްކަލުތައް ޗާޖުކުރުމަށް ސޯލާ ޗާޖިންގ ސްޓޭޝަންތަކެއް ވެސް ޤާއިމުކުރެވޭނެއެވެ.

މި މަޝްރޫޢުގެ ދަށުން، 100 ތިމާވެށްޓާ ރައްޓެހި ބައިސްކަލު އެޗްޑީސީއާ ހަވާލުކުރެވޭނެ ކަމަށް މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ. މި މަޝްރޫޢުއަކީ ތިމާވެށި ހިމާޔަތްކުރުމަށާއި މާލެ ސަރަހައްދުގައި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

The post ތިމާވެއްޓާއި ރައްޓެހި ބައިސްކަލުތައް ތައާރަފްކޮށް، ބައިކް ޝެއަރިންގ ސްކީމެއް މާލެ ސަރަަހައްދަށް ތައާރަފް ކުރަނީ first appeared on Khabaru Online.



More from Khabaru Online