މިފްކޯ ދެން ނަގައިކޮޅަށް ޖެހޭނީ ދުނިޔޭގެ ފެންވަރުގެ ތަޖުރިބާކާރަކާ އެކުންފުނި ހިންގުން ހަވާލު ކޮށްގެން: ރައީސް

Sat, 27 Jul 2024 12:35 PM

View on this article on Khabaru Online

މިފްކޯ ދެން ނަގައިކޮޅަށް ޖެހޭނީ ދުނިޔޭގެ ފެންވަރުގެ ތަޖުރިބާކާރަކާ އެކުންފުނި ހިންގުން ހަވާލު ކޮށްގެން: ރައީސް

މިފްކޯ ދެން ނަގައިކޮޅަށް ޖެހޭނީ ދުނިޔޭގެ ފެންވަރުގެ ތަޖުރިބާކާރަކާ އެކުންފުނި ހިންގުން ހަވާލު ކޮށްގެން ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.



އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވަނީ ސަރުކާރަށް އާމުދަނީ އިތުރުކުރުމަށް ގެންގުޅުއްވާ ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުވާލައްވައި އެމަނިކުފާނު ވަނީ ސަރުކާރުގެ ކުންފުނިތައް ހިންގުން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތައް ހާމަކުރައްވާފައެވެ.

އެގޮތުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ހިންގުން ހަރުދަނާކުރުމަށް ކުރައްވަމުންދާ ކަންކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، މިފްކޯ ހަރުދަނާ ކުރައްވާނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭނެ އެންމެ ރަނގަޅު ފެންވަރަށް ކަމަށެވެ.

އެންމެ ބޮޑު ކަމަކަށް މިހާރު ކުރެވޭ ކަމަކީ މިފްކޯ ދެން ނަގައިކޮޅަށް ޖެހޭނީ ދުނިޔޭގެ ފެންވަރުގެ ރާއްޖެއިން ބޭރުން އެންމެ މަތީ ފެންވަރުގައި ކުންފުނިތައް ހިންގާފައި ހުރި ފެންވަރުގެ ރަނގަޅު ހިންގުންތެރި ތަޖުރިބާކާރު މީހަކު ހަޔަރކޮށްގެން ގެނެސް މިފްކޯއާއި ހަވާލުކޮށްގެންކަން. އެކަމަށްޓަކައި މިހާރު މަސައްކަތް މިކުރަނީ. ދިވެއްސަކަށް ނުކުރެވޭނެ ވާހަކައެއް ނޫން."

ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިފްކޯ ބަނގުރޫޓުވާ ސަބަބު އެނގިވަޑައިގަންނަވާކަމަށެވެ. އެހެންކަމުން މިފްކޯ ހިންގުމަށް ގެންނަ ތަޖުރިބާކާރު ފަރާތްވެގެންދާނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ފަރާތްތަކާއި އެއްވެސް ވަރަކަށް ގުޅިފައިނެތް ނުފޫޒުން އެއްކިބާވެފައިވާ ތަޖުރިބާހުރި ފަރާތަކަށްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު ކުރަމުން ގެންދަވާ މަސައްކަތަކީ އެމަނިކުފާނުގެ ވަޢުދާ އެއްގޮތަށް ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުންކަމަށެވެ. އެކަމަށް މަސައްކަތްކުރެވޭކަން ފާހަގަކުރައްވާ ރައީސް ވަނީ މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ޚަލާސްކުރެވިފައިވާކަމަށް ވިދާޅުވެފައެވެ.

The post މިފްކޯ ދެން ނަގައިކޮޅަށް ޖެހޭނީ ދުނިޔޭގެ ފެންވަރުގެ ތަޖުރިބާކާރަކާ އެކުންފުނި ހިންގުން ހަވާލު ކޮށްގެން: ރައީސް first appeared on Khabaru Online.



More from Khabaru Online