ކުޑަ ކުއްޖާއަށް އަނިޔާކުރި އެކަކު ބޮޑުބެރު ގުރޫޕުން ވަކިކޮށްފި

Sat, 06 Apr 2024 03:24 PM

View on this article on Kaafu Online

ކުޑަ ކުއްޖާއަށް އަނިޔާކުރި އެކަކު ބޮޑުބެރު ގުރޫޕުން ވަކިކޮށްފި

އއ. ރަސްދޫގައި މިސްކިތެއްގެ ތެރޭގައި މަތިވެރި ކުއްޖަކަށް ގަނާ ކުރި މައްސަލާގައި ހިމެނޭ ކުދިން ފުލުހުން ދަނެގެންފިއެވެ. އަދި އެމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ވަނީ ބަލަން ފަށާފައެވެ.



މިސް މީޑިއާގައި ދައުރުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި 16 ފަހަރަށް އެކުއްޖާގެ ގައިގައި ތަޅައިފައި ވެއެވެ. އެކަމުގައި ބައިވެރިވި އެއްކުއްޖަކީ ބޮޑު ބެރު ގުރޫޕެއްގައި އުޅޭ ކުއްޖެއްކަމަށް ބުނެ އެ ގްރޫޕުން ވަނީ އޭނާ ވަކޮށްފައިވާ ކަމަށް ބުނެ އެކްސްގައި ޕޯސްޓް ކޮށްފައެވެ.

މިސްކިތު ވުޟޫ ކުރާ ތަނުގައި ކުޑަކުއްޖާއަށް އަނިޔާ ކުރާ ވީޑިއޯ ދައުރު ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އެކުއްޖާއަށް އަނިޔާކޮށް ގަނާކޮށް ހުތުރުބަހުން ކުއްޖާއާ މުޢާމާލާތުކުރާ މަންޒަރު ފެންނަ ވީޑިއޯ މީސްމީޑިއާގައި ގިނަ ބަޔަކު ވަނީ ހިއްސާކޮށްފައެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި އެ ކުއްޖާއަށް އަނިޔާކުރަމުންދިޔައީ 18 ން ދަށުގެ ދެ ކުޑުކުދިންނެވެ. ވީޑިއޯއެއްގައި ފެންނަނީ ކުޑަކުއްޖަކަށް ބުލީކޮށް، އެ ކުއްޖާގެ ގައިގައި ދެ ކުދިން ގޮށްމުށުންނާއި ކޮޅުފައިން ޖަހައި އަނިޔާކުރާ ތަނެވެ. އެ ކުއްޖާގެ ކޯމަތީގައި ވަރަށް ބާރަށް ޖެހުމުން ރޯން ވެސް ފަށަ އެވެ. އަދި ވަރަށް ހަޑިހުތުރުބަހުން އެ ކުއްޖާ ދިމާލަށް ދެން ތިބި ކުދިން އެއްޗެހި ކިޔަ އެވެ.

އެ ކުއްޖާގެ އަތުގައި އޮތް ފެންފުޅި އަތުލައި ބޮލަށް އަޅާލާ މަންޒަރު ވެސް ވީޑިއޯ އިން ފެނެ އެވެ. އަނިޔާނުކޮށް އޭނާ ދޫކޮށްލަން އެދި އެ ކުއްޖާ ކުޑަކަކޫ މައްޗަށް ތިރިވެ އާދޭސް ވެސް ކުރެ އެވެ. މި މައްސަލަ ފެންމަތިވުމުން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން އެކްސްގައި ވިދާޅުވީ:

"ކުޑަކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ފުލުހުންގެ ސަމާލުކަމަށް އައިސްފައި. މިކަން ކުރި ފަރާތްތައް ހޯދައި އަވަހަށް ފިޔަވަޅު އެޅުމަށް ފުލުހުން ދަނީ މަސައްކަތްކުރަމުން. މިފަދަ ކަންކަން މުޖުތަމައުގައި ހިންގާ ފަރާތްތަކާ މެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅިގެންދާކަން ޔަގީންކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

The post ކުޑަ ކުއްޖާއަށް އަނިޔާކުރި އެކަކު ބޮޑުބެރު ގުރޫޕުން ވަކިކޮށްފި first appeared on ކާފު އޮންލައިން.



More from Kaafu Online