އައިފޯނު ކުންފުނިން އިންޑިއާގައި ދިގު މުއްދަތަކަށް ހުރުމަށް ނިންމައިފި

Tue, 09 Apr 2024 08:39 PM

View on this article on Kaafu Online

އައިފޯނު ކުންފުނިން އިންޑިއާގައި ދިގު މުއްދަތަކަށް ހުރުމަށް ނިންމައިފި

އެޕަލް ކުންފުނިން ޗައިނާގައި ގެންގުޅޭ މޮޑެލް އިންޑިއާގައި ޑުޕްލިކޭޓްކޮށް ދިގު މުއްދަތަކަށް އިންޑިއާގައި ސާބިތުގެ ހުރުމަށް ނިންމައިފިއެވެ. އެޕަލް ކުންފުނިން ވަނީ އެކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ދިނުމަށް ހައުސިން ޔުނިޓްތައް ބިނާ ކޮށްދޭނެ ކަމަށް އިއުލާން ކޮށްފައެވެ.



އިންޑިއާގައި އެޕަލްގެ އެންމެ ބޮޑު އައިފޯން ސަޕްލައި ކުރާ ކުންފުނި ޓެމިލް ނާޑޫގެ ސްރިޕެރަމްބޫޑޫރުގައި ހުންނަ ފޮކްސްކޮން އިން ބުނެފައި ވަނީ މި ހައުސިންގ ޔުނިޓްތަކުގެ ތެރޭން ގާތްގަނޑަކަށް 35،000 ޔުނިޓް އެފަރާތުގެ މުވައްޒަފުންނަށް ބޭނުންކުރާނެ ކަމަށެވެ.

ފޮކްސްކޮންގައި މިހާރު 41،000 މުވައްޒަފުން ވަޒީފާ އަދާކުރެއެވެ.

އޭގެ ތެރެއިން 75 ޕަސެންޓަކީ އަންހެނުންނެވެ. ޓާޓާ އިލެކްޓްރޯނިކްސް އިން ދަނީ އެ ކުންފުނީގެ ހުސޫރު ފެސިލިޓީގައި މުވައްޒަފުން ބޭނުން ކުރުމަށް 11،500 ހައުސިންގ ޔުނިޓް އަޅަމުންނެވެ. ޓާޓާ ކުންފުނިން މުހިންމު ގޮތެއްގައި އުފައްދަނީ އިންޑިއާގެ އެތެރޭގައި ބޭނުންކުރުމަށް އަދި ބޭރުކުރުމަށް އުފައްދާ ބޭރުގެ ކަވަރެވެ.

އެޕަލް ކުންފުންޏަށް ޕަވަރ އެޑަޕްޓަރާއި އޭގެ ކޭސްއާއި އަދި މެގްނެޓިކްސް އުފައްދާ ސަލްކޮމްޕް އިން ވަނީ 3،969 ހައުސިން ޔުނިޓް އުފައްދާނެ ކަމަށް ބުނެފައެވެ.

The post އައިފޯނު ކުންފުނިން އިންޑިއާގައި ދިގު މުއްދަތަކަށް ހުރުމަށް ނިންމައިފި first appeared on ކާފު އޮންލައިން.



More from Kaafu Online