ބޮޑެތި ވިޔަފާރިތަކަށް ނިޒާމުގެ ތެރޭން ފަހިކޮށްދެވުނީ ކިހިނެއް؟

Thu, 25 Jul 2024 12:18 PM

View on this article on Kaafu Online

ބޮޑެތި ވިޔަފާރިތަކަށް ނިޒާމުގެ ތެރޭން ފަހިކޮށްދެވުނީ ކިހިނެއް؟

ބިދޭސިން ގެންގުޅޭ ބޮޑެތި ވިޔަފާރިތަކުން ދައުލަތަށް ދައްކަން ޖެހޭ ޖުރިމާނާތައް އެތައް މިލިއަނަކަށް އަރައިގެން ދިޔައިރު، ނިޒާމުގެ ތެރޭން އެކަން ކައްސާލައިގެން ދިޔަ ގޮތާމެދު ސުއާލު އުފެދެއެވެ. ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ލިސްޓުން ފާހަގަވާ ގޮތުގައި ފައިސާ ދައްކަން ޖެހޭ ކުންފުނިތަކަށް ބަރާބަރަށް މަސައްކަތް ކުރިއަށް ގެންދެވި އެފަރާތްތަކަށް ނިޒާމުގެ ތެރޭން އިތުރަށްވެސް ފަހިކޮށްދީފައި ވެއެވެ. އެހެންވެފައި ވަނީ ކީއްވެގެން ހެއްޔެވެ؟ އެތެރޭގެ އޮޑިޓްގެ ނިޒާމެއް ނުވަތަ އޮޑިޓް އޮފީހުގެ ބެލުންތެރިކަމެއް ނެތީ ހެއްޔެވެ؟



މިމައްސަލާގައި އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ވެރިކަން ކުރުމުގެ ނިޒާމުގައި މުއައްސަސާތަކުގެ ފެންވަރުގައި މައްސަލައެއް އުޅޭ ކަމެވެ.

ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ވަނީ އަންނަ މަހުގެ 12ގެ ކުރިން، ބިދޭސިންނާ ގުޅިގެން ދައުލަތަށް ދައްކަން ޖެހޭ ފައިސާތައް ދައްކައި ޚަލާޞް ކުރުމަށް އެފަރާތްތަކަށް އަންގާފައެވެ. ފީތަކާއި ޖޫރިމަނާތަކުގެ ޢަދަދު ލައްކައަކަށްވުރެ މައްޗަށް އަރާފައިވާ 1026 ފަރާތެއްގެ ނަންތަކަށް ބަލާލުމުން އެންމެ ގިނައިން އިޝްތިހާރު ކުރާ ކުންފުނިތަކާއި، އެންމެ ގިނައިން ވިޔަފާރި ކުރާ ކުންފުނިތަކާއި، އެންމެ ގިނައިން އާމްދަނީ ލިބޭ ކުންފުނިތައް ހިމެނެއެވެ.

އެފަރާތްތައް ނިޒާމުގެ ތެރޭން ރޭޑާއަށް ނައަރައި ސަލާމަތްވީ، ވެރިމީހާގެ ބޮޑުކަމުން ނޫނީ ނުފޫޒުން ބާވައެވެ؟ މިސުއާލަކީ ކޮރަޕްޝަނަށް ޖާގައެއް ދެވުނު ފުރުޞަތެއްތޯ ބެލުމަށް ކުރެވޭ ސުއާލެކެވެ!

އެންމެ ކުންފުންޏަކުން 26 މިލިއަން ދައްކަން ޖެހިފައި އޮތްއިރު ސަރުކާރުގެ ކަމާ ބެހޭ ފަރާތުގެ ސަމާލުކަމަށް އެކަން އައިސްފައި ނެތުމުން، އެމަސައްކަތާ ހަވާލުވެ ތިބި ބަޔެއްގެ ތަޙުޤީޤެއް ހިންގުމަކީ ނެތް ކަމެއްތޯއާ މެދުވެސް ސުއާލު އުފެދެއެވެ.

ފައިސާ ނުދައްކާ ފަރާތްތަކަކީ، ޤާނޫނަށް ތަބާނުވާ ފަރާތްތަކެއްކަމަށް ބަލާއިރު ޤާނޫނު ތަންފީޒު ކުރުމުގައި އިހުމާލުވާ ފަރާތުގެ މައްސަލައެއް އޮތްކަމަށްވެސް ބަލަން ޖެހެއެވެ.

ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު އަޅުއްވާފައިވާ ފިޔަވަޅުން ދައްކައިދޭ އަނެއް ކަމަކީ، ބިދޭސިންގެ މައްސަލާގައި ވަޒީފާ ދޭފަރާތާއި ދައުލަތުގެ އިހުމާލެވެ!

The post ބޮޑެތި ވިޔަފާރިތަކަށް ނިޒާމުގެ ތެރޭން ފަހިކޮށްދެވުނީ ކިހިނެއް؟ first appeared on Kaafu News.


More from Kaafu Online