ޓައިވާންގެ މަސައްކަތްތެރިން ޗައިނާގައި ބިރުވެރިކަމެއްގައި

Thu, 25 Jul 2024 11:53 AM

View on this article on Kaafu Online

ޓައިވާންގެ މަސައްކަތްތެރިން ޗައިނާގައި ބިރުވެރިކަމެއްގައި

ޗައިނާއާއި ޓައިވާންގެ ހަމަނުޖެހުމަށް އެންމެ ބޮޑަށް ޙައްސާސް ވާން ޖެހޭ އެއް ދާއިރާއަކީ އިލެކްޓްރޯނިކްގެ ދާއިރާއެވެ. ޗައިނާއިން އަލަށް ފާސްކޮށްފައިވާ ޤައުމީ ސަލާމަތާ ބެހޭ އިރުޝާދާއެކު ޗައިނާގައި މަސައްކަތް ކުރާ ބޭރުގެ ކުންފުނިތަކުން ދަނީ ޗައިނާގައި މަސައްކަތް ކުރާ ޓައިވާންގެ ރައްޔިތުން އެޤައުމުން ބޭރުކުރުމަށް މަސައްކަތް ކުރަމުންނެވެ. ޓައިވާންގެ ރައީސަކަށް ހޮވިވަޑައިގެންފައިވާ ލާއި ޗިންޓީ އަކީ، ވަކިވެގަތުމަށް މަސައްކަތް ކުރާ ބާޣީއެއްކަމަށް ޗައިނާއިން ސިފަ ކުރެއެވެ.



ޗައިނާއިން ބުނެފައި ވަނީ އެޤައުމުގައި މަސައްކަތް ކުރާ ޓައިވާން ރައްޔިތުން ޗައިނާގެ އިސްތިޤްލާލަށް ބުރޫއަރާފަދަ ޢަމަލެއް ނުހިންގާނަމަ، އެމީހުންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ. ބޭރުގެ ބައެއް ކުންފުނިތަކުން ޓައިވާންގެ މުވައްޒަފުން ޗައިނާއިން ބޭރަށް ބަދަލުކުރުމަށް ވިސްނަމުންދާ ކަމަށް މަސްދަރުތަކާ ޙަވާލާދީ، މީގެ ކުރިން ރޮއިޓާސްއަށް ބުނެފައިވެ އެވެ.

ޢާންމުކޮށް ބާއްވާ ނިއުސް ބްރީފިންގައި ވާހަކަ ދައްކަވަމުން ޗައިނާގެ ޓައިވާން އެފެއާޒް އޮފީހުގެ ތަރުޖަމާނު ޒޫ ފެންގްލިއަން ވަނީ ޓައިވާނުގެ ގިނަ މީހުން ނުތަނަވަސްވާން ޖެހޭ ސަބަބެއް ނެތްކަން ތަކުރާރުކޮށް ވިދާޅުވެފައެވެ. ބޭރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ މީހުންގެ މައްސަލައަށް އޭނާ ސީދާ ގޮތަކަށް ވާހަކަ ދައްކަވާފައިވެއެވެ.

“މަލްޓިނޭޝަނަލް ކުންފުނިތަކުގައި މަސައްކަތްކުރާ ޓައިވާންގެ މުވައްޒަފުން ޖިނާއީ ޢަމަލަކަށް އަރައި ނުގަންނަހައި ހިނދެއްގައި، ޗައިނާގައި އެމީހުންނަށް އުޅެން ފަސޭހަވެވޭނެ،” އާ ގައިޑްލައިންތަކަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވި އެވެ. ޗައިނާގެ ސަލާމަތާ ބެހޭ ގައިޑްލައިން ޝާއިއުކުރުމަށްފަހު ޓައިވާން ސަރުކާރުން ވަނީ ޓައިވާން މީހުން ޗައިނާއަށް ދަތުރުކުރުމަށް ސަމާލުވާން އިންޒާރު ނެރެފައެވެ.

އަދި ޗައިނާއަށް ދަތުރު ކުރަން ޖެހޭނީ ކޮންމެހެން ބޭނުންވެއްޖެ ނަމަ އެކަނި ކަމަށް ބުނެފައި ވެއެވެ.

The post ޓައިވާންގެ މަސައްކަތްތެރިން ޗައިނާގައި ބިރުވެރިކަމެއްގައި first appeared on Kaafu News.


More from Kaafu Online