ޗައިނާ ޕިލިޕީންސްގެ ނުތަނަވަސްކަން އިތުރު ވަނީ

Sat, 06 Apr 2024 04:03 PM

View on this article on Kaafu Online

ޗައިނާ ޕިލިޕީންސްގެ ނުތަނަވަސްކަން އިތުރު ވަނީ

ޗައިނާއާއި ފިލިޕީންސްއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ދަނީ އިތުރުވަމުންނެވެ. ފިލިޕީންސްގެ ދިދަ ޖަހާފައިވާ އުޅަނދެއްގެ ކައިރީގައި ހިނގި ހާދިސާއަކާ ގުޅިގެން ބެއިޖިން އިން މެނިލާއަށް އިތުރށް ތުރާ ނުކުރުމަށް ފިލިޕީންސްއިން ވަނީ ޗައިނާއަށް އަންގާފައެވެ.



މިދިޔަ މަސްތަކުގައިބެއިޖިން އާއި މެނިލާގައި ކަނޑުމަތީގެ ސިލްސިލާ ހަމަނުޖެހުންތަކެއް ހިނގާފައިވެއެވެ. އަދި ޗައިނާއިން ޕިލިޕީންސްގެ އުޅަނދުތަކާ ދެކޮޅަށް ފެންބަޑިވެސް ބޭނުން ކޮށްފައި ވެއެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދީ ހާލަތު ގޯސްވެ ކަންބޮޑުވުން އުފެދިފައިވެ އެވެ.

ދެކުނު ޗައިނާ ކަނޑުގެ މަސްރަހު ހޫނުވުމާ ގުޅިގެން، ފިލިޕީންސްއިން ވަނީ އެމެރިކާއާއި ޖަޕާނާއެކު ގުޅުން ބަދަހި ކުރުމަށް މަސައްކަތް ފަށާފައެވެ. އަދި ޖަޕާނުންވެސް ވަނީ ނުފޫޒު އިތުރު ކުރުމަށް މަސައްކަތްތަކެއް ކުރަން ފަށާފައެވެ.

މިމައްސަލަ އުފެދިފައި ވަނީ، ފިލިޕީންސްގެ ޕަލަވާން ޖަޒީރާގެ ހުޅަނގުން 194 ކިލޯމީޓަރު ދުރުގައި އަދި ޗައިނާގެ ސިޔާދަތު އޮންނަ މިޝިފް ރީފްގެ އަސްކަރީ މަރުކަޒާ 32 ކިލޯމީޓަރު ދުރުގައި އޮންނަ ސައުތު ޗައިނާ ކަނޑުގެ ހަމަނުޖެހުން ބޮޑު ސެކަންޑް ތޯމަސް ޝޯލް އަށް ދިއުމަށް މަސައްކަތް ކުރާ ފިލިޕީންސްގެ އުޅަނދުތަކަށް ޗައިނާއިން ހުރަސް އެޅުމުންނެވެ.

ދެވަނަ ތޯމަސް ޝޯލްއަކީ މެނިލާ އިން އަމިއްލަ ސަރަހައްދެއްކަމަށް ދައުވާ ކުރާ ތަނެކެވެ.

ރައީސް ޝީ ޖިންޕިން ގެންގުޅުއްވާ ހަނގުރާމަވެރި ސްޓޭންޑް ދެމެހެއްޓުމުގެ ގޮތުން، ޗައިނާގެ ނޭވީ އާއި ކޯސްޓްގާޑުން ވަނީ ފިލިޕީންސްގެ މެރިންސްގެ ސިއެރާ މާޑްރޭގެ ގެރިސަންއަށް ކާނާގެންދާ ފިލިޕީންސްގެ ރީސަޕްލައި މިޝަންތަކަށް ހުރަސްއެޅުން އިތުރު ކޮށްފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗައިނާގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ވޫ ކިއަން ވިދާޅުވީ، "ސެކަންޑް ތޯމަސް ޝޯލް އާއި ވަށައިގެންވާ މެރިޓައިމް ސަރަހައްދުތައް ހިމެނޭ ގޮތަށް ސްޕްރެޓްލީ އައިލެންޑްސްގެ މައްޗަށް ޗައިނާގެ އިސްތިގުލާލީ ބާރު އޮތްކަމަކީ ތާރީޚީ އަދި ގާނޫނީ އަސާސެއް އޮތް ކަމެއް" ކަމަށެވެ.

އަދި އޭނާ ވަނީ ފިލިޕީންސް އިން ޗައިނާގެ ސަރަހައްދަށް އަރައި ގަތުމުގެ ހުރިހައި އަމަލެއް ހުއްޓުވުމަށް އެދިފައެވެ. ޗައިނާއިން ބުނެފައިވަނީ ސަރަހައްދު ހިމާޔަތް ކުރުމަށް އަބަދުވެސް ފިޔަވަޅު އަޅާނެ ކަމަށެވެ.

ފިލިޕީންސްގެ ގައުމީ ސަލާމަތީ މަޖިލީހުގެ ތަރުޖަމާނަކު ވިދާޅުވީ ޗައިނާގެ ކޯސްޓްގާޑުން ހިންގާ "އުދުވާނީ" އަމަލުތަކާ ދެކޮޅަށް ރައީސް ފަރޑިނަންޑް މާކޯސް ޖޫނިއާ އިއުލާން ކުރައްވާފައިވާ ފިޔަވަޅުތައް ދަމަހައްޓާނެ ކަމަށެވެ.



More from Kaafu Online