އިންޑިއާއާއި އެމެރިކާއާ ދެމެދު ޖާސޫސީ މައުލޫމާތު ބަދަލު ކުރުން ބަދަހި ކޮށްފި

Sat, 06 Apr 2024 03:38 PM

View on this article on Kaafu Online

އިންޑިއާއާއި އެމެރިކާއާ ދެމެދު ޖާސޫސީ މައުލޫމާތު ބަދަލު ކުރުން ބަދަހި ކޮށްފި

އިންޑިއާއާއި އެމެރިކާގެ ސަލާމަތީ ދާއިރާތަކުން ކުރިއަށް ވުރެން ބޮޑަށް ގުޅުން ބަދަހި ކުރަން ފަށައިފިއެވެ. ދެގައުމުގެ ހޯމްލޭންޑް ސެކިއުރިޓީ ޑައިލޮގް ބައްދަލުވުންތައްވެސް މިހާރު ކުރިއަށް ގެންދަނީ ދެފަރާތުން ޗެއާ ކުރާ ބައްދަލުވުމެއްގެ ގޮތުގައެވެ.



ހޯމްލޭންޑް ސެކިއުރިޓީ ޑައިލޮގުގައި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމާއި، ކަސްޓަމްސް އޮތޯރިޓީތަކުގެ މެދުގައި އެއްބާރުލުން ދިނުމާއި، ޓެރަރިޒަމާއި ސައިބަރ ކްރައިމްއާ ދެކޮޅަށް މަސައްކަތްކުރުމާއި، ގަވާއިދާ ހިލާފަށް ހިޖުރަކުރުމާ މެދު ފިޔަވަޅު އެޅުން ފަދަ އެކި ދާއިރާތަކުން އެމެރިކާއާއި އިންޑިއާއާ ދެމެދު ސްޓްރެޓެޖިކް ޕާޓްނަޝިޕް ވަރުގަދަ ވެގެން ގޮސްފައި ވެއެވެ.

މި ހުރިހާ ކަމެއްގެ އަސްލަކީ، ދެގައުމުގެ ގުޅުމުގައި އިތުބާރު ކުރެވޭ ކަންތައް ކަމަށް މަސްއޫލުވެރިން ވިދާޅުވެއެވެ. އިންޑޯ ޕެސިފިކްގެ ކަނޑުގެ ސަރަހައްދާއި އަދި ޖައްވީ ދާއިރާގައި ނާޒުކު މައުލޫމާތު ހިއްސާކުރުމުގެ މަސައްކަތް ވަނީ މިހާރު ދެގައުމު ދެމެދު ފެށިފައެވެ. މިއީ މީގެ ވިއްސަކަށް އަހަރު ކުރިން އޮތް ހާލަތެއް ނޫނެވެ. ސަރަހައްދީ އަދި ދުނިޔޭގެ ސަލާމަތުގެ ކުރިއަރަމުން އަންނަ ހާލަތުގެ ސަބަބުން އެމެރިކާއާއި އިންޑިއާގެ ޖާސޫސީ އިދާރާތަކުގެ މެދުގައި ބަދަހި ގުޅުމެއް އުފެދިފައި ވެއެވެ.

އިންޑިއާ އާއި އެމެރިކާއާ ދެމެދު ޖާސޫސީ އެއްބާރުލުން ދިނުމަކީ ޓެރަރިޒަމްއާ ދެކޮޅަށް މަސައްކަތްކުރާ ކޮންމެ ސްޓްރެޓެޖީއެއްގައި ވެސް އެއްގައުމުން އަނެއް ގައުމަށް މުހިންމު ކަމެކެވެ. ހާއްސަކޮށް އެމެރިކާގެ 9/11 ގެ ހަމަލާ ނުވަތަ މުމްބާއީގެ 26/11 ގެ ޓެރަރިސްޓް ހަމަލާ ފަދަ ކާރިސާވެރި ހާދިސާތައް ހުއްޓުވުމަށް ދެގައުމުން އަމާޒު ހިފާފައިވެއެވެ. ދެގައުމުން ޖާސޫސީ މައުލޫމާތު ބަދަލު ކުރަމުންދާއިރު އަދިވެސް ކަމާ ބެހޭ އެޖެންސީތަކުގެ އިސްވެރިންގެ މެދުގައި ސީދާ މުއާމަލާތް ކުރުމަށް ހޮޓްލައިނެއް ގާއިމް ކުރެވިފައެއް ނުވެއެވެ.

The post އިންޑިއާއާއި އެމެރިކާއާ ދެމެދު ޖާސޫސީ މައުލޫމާތު ބަދަލު ކުރުން ބަދަހި ކޮށްފި first appeared on ކާފު އޮންލައިން.



More from Kaafu Online