އިންޑިއާއިން އަސާސީ ބާވަތްތައް ރާއްޖެއަށް ފޮނުވުމުގެ ކޯޓާ އިތުރު ކޮށްދިނުމުން ޝުކުރު އަދާކޮށްފި

Sat, 06 Apr 2024 12:19 AM

View on this article on Kaafu Online

އިންޑިއާއިން އަސާސީ ބާވަތްތައް ރާއްޖެއަށް ފޮނުވުމުގެ ކޯޓާ އިތުރު ކޮށްދިނުމުން ޝުކުރު އަދާކޮށްފި

އަސާސީ ބާވަތްތައް ރާއްޖެއަށް އެތެރެ ކުރުން އިތުރު ކޮށްދިނުމުން އިންޑިއާގެ ޚާރިޖީ ވަޒިރު އެސް ޖަޔަޝަންކަރަށް ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.



އިންޑިއާގައި އުފައްދަމުންދާ ފިޔާ އާއި ހަނޑޫ ފަދަ ތަކެތި ބޭރު ކުރުން މިދިޔަ އަހަރު މަނާކޮށްފައި އޮތް ނަމަވެސް އިންޑިއާ އިން ވަނީ ހާއްސަ ހުއްދައެއްގެ ދަށުން ރާއްޖެއަށް އެ ތަކެތި އެކްސްޕޯޓް ކޮށްފައެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިއަދު ބުނީ އަސާސީ ބާވަތްތައް ވަކި މިންވަރަކަށް ރާއްޖެއަށް އެކްސްޕޯޓްކުރަން ދޭ ހުއްދަ މި ހިނގާ 2024 އަދި 2025 އަށް އާކޮށްފައިވާ ކަމަށެވެ.

ކާބޯތަކެތީގެ އިތުރުން ހިލަ އާއި ހިލަވެލި އެކްސްޕޯޓް ކުރުމުގެ ކޯޓާ ވެސް އިންޑިއާއިން ބޮޑު ކޮށްދީފައިވ ެއެވެ. އެއީ ހިލައާ ހިލަވެލީގެ ކޯޓާ 1 މިލިއަން މެޓްރިކް ޓަނަށް އަދި ބިސް، އަލުވި، ފިޔާގެ އިތުރުން ކާޑުގެ ބާވަތްތަކާއި (ހަނޑޫ، ހަކުރު، ފުށް) މުގުގެ ކޯޓާ 5 ޕަސެންޓެވެ.

The post އިންޑިއާއިން އަސާސީ ބާވަތްތައް ރާއްޖެއަށް ފޮނުވުމުގެ ކޯޓާ އިތުރު ކޮށްދިނުމުން ޝުކުރު އަދާކޮށްފި first appeared on ކާފު އޮންލައިން.



More from Kaafu Online