ހޮންގކޮންގގައި މިނިވަންކަން އިތުރަށް ހަނިވެއްޖެ

Fri, 05 Apr 2024 08:02 PM

View on this article on Kaafu Online

ހޮންގކޮންގގައި މިނިވަންކަން އިތުރަށް ހަނިވެއްޖެ

ޗައިނާއިން އިގްތިސާދު ދުނިޔެއަށް ހުޅުވާލާނެ ކަމަށް ބުނެއެވެ. އެކަމަކު ނިއްކީ އޭޝިއާ ނޫހުން ބުނާ ގޮތުގައި ޗައިނާގެ އަމަލުތަކުން ފެންނަނީ އެއާ މުޅިން ދެކޮޅުވެރި ކަންތައްތަކެވެ. ޗައިނާއިން ބުނެފައި ވަނީ 5 ޕަސެންތްގެ އިގްތިސާދީ ކުރިއެރުމެއް ހާސިލުކުރުމަށް މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް ޗައިނާއިން ގައުމީ ސަލާމަތިގެ ނަމުގައި ފާސްކުރަމުންދާ ގާނޫނުތަކުން ފެންނަނީ ކަންކަން ބަނދެވި، ގައުމު އިތުރު ސިއްރުވެރިކަމެއްގެ ތެރެއަށް ގަންބާލާ ތަނެވެ.



ޗައިނާގެ އިގްތިސާދާއި ގައުމީ ސަލާމަތާ ބެހޭ ކަންކަން ހިންގުމަށް އިސްވެ ތިއްބެވި ދެ މަސްއޫލުވެރިންނަކީ ރައީސް ޝީ ޖިންޕިންގެ ގާތް ދެ ދެބޭފުޅުންނެވެ. ޕްރިމިއާ ލީ ކިއަންގް އަކީ އިގްތިސާދީ މަސްއޫލުވެރިޔާ އެވެ. އަދި ސެކިއުރިޓީ ކަންކަމުގެ އިސްފަރާތަކީ ކައި ކީ އެވެ.

ޝީ ޖިންޕިންގެ ސިޔާސަތުތައް ދަނެގަތުމަށް އެންމެ ރަނގަޅު ގޮތަކީ މުހައްލިލުން ބުނާ ގޮތުގައި ހޮންގކޮންގގައި ޗައިނާ އިން މިދިޔަ ދިހަ އަހަރުގެ ތެރޭގައި ގެންގުޅުނު ސިޔާސަތެވެ. ހޮންކޮންގް ތަރައްގީވެ ކުރިއަރާފައިވަނީ ޗައިނާގެ "އެއް ގައުމެއް، ދެ ނިޒާމު" ފޯމިއުލާގެ ދަށުން ހިންގި މިނިވަންކަމުގެ މާހައުލާއި ގާނޫނީ ގޮތުން ދީފައި އޮތް މިނިވަންކަމެއްގެ ސަބަބުންނެވެ. ނަމަވެސް މިހާރު އެ މިނިވަންކަން ދަނީ ނެތެމުން ފަނޑުވަމުންނެވެ.

ކޮވިޑް-19 ފެތުރެން ފެށުމުގެ ކުރިން 2019 ވަނަ އަހަރު ވެސް މިނިވަންކަން ހަނިކުރުމާ ދެކޮޅަށް މުޒާހަރާ ކުރުމަށް ގާތްގަނޑަކަށް 1 މިލިއަނެއްހާ މީހުން ހޮންކޮންގުގެ މަގުތަކަށް ނުކުތެވެ. ޖެހިގެން އައި އަހަރު ޝީގެ ވެރިކަމުގައި ހޮންކޮންގުގެ ގައުމީ ސަލާމަތާ ބެހޭ ގާނޫނު އަވަސްގޮތަކަށް ފާސްކޮށް ތަންފީޒު ކުރަން ފެށިއެވެ.

ބެއިޖިން އިން ލާޒިމުކުރި އެ ގާނޫނު މިދިޔަ މަހު ވަނީ އިތުރަށް ފުޅާކޮށްފައެވެ.

އެ ގާނޫނަކީ، ޖާސޫސުކުރުމާއި ދައުލަތުގެ ސިއްރުތައް ވަގަށް ނެގުމާއި ހަމަނުޖެހުން އުފެއްދުމާއި ފިތުނަވެރިކަމާއި ބޭރުގެ ބާރުތަކުން ގައުމީ ސަލާމަތަށް ވަދެގަތުން ފަދަ ކަންކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް މުހިންމު ގާނޫނެއް ކަމަށް ޗައިނާއަށް ތާއީދުކޮށް ވާހަކަ ދައްކާ މަސްއޫލުވެރިން ވިދާޅުވެއެވެ.

ހޮންގކޮންގައި މިނިވަންކަން ހަނިކުރުމާ ދެކޮޅަށް މީހުން ވަނީ ދިހަހ އަހަރު ވަންދެން މުޒާހަރާ ކޮށްފައެވެ. 2003 ވަނަ އަހަރު ގާތްގަނޑަކަށް 500،000 މީހުން އެއްވެ އެ ގާނޫނު ފާސްކުރުމާ ދެކޮޅަށް މުޒާހަރާ ކޮށްފައިވެއެވެ.

The post ހޮންގކޮންގގައި މިނިވަންކަން އިތުރަށް ހަނިވެއްޖެ first appeared on ކާފު އޮންލައިން.



More from Kaafu Online