ސިންގަޕޫރުން ޒަޔަނިސްޓުންނަށް ފިލާވަޅެއް ނަގައިދީފި

Mon, 25 Mar 2024 11:16 PM

View on this article on Kaafu Online

ސިންގަޕޫރުން ޒަޔަނިސްޓުންނަށް ފިލާވަޅެއް ނަގައިދީފި

ސިންގަޕޫރުގައި ހިންނަ އިޒްރޭލު އެމްބަސީން ފަލަސްތީނަށް ޖެއްސުން ކޮށް ޖެހި ޕޯސްޓެއް ނެގުމަށް ސިންގަޕޫރުގެ ހޯމް މިނިސްޓްރީން އިޒްރޭލު އެމްބަސީއަށް އަންގައިފިއެވެ.



އިޒްރޭލު އެމްބަސީން އެފްބީގައި އެމީހުންގެ ޕޭޖުގައި ބުނެފައި ވަނީ ތިމަންމެން އިޒްރޭލުގެ ވާހަކަ އެތައް ފަހަރެއްގެ މަތިން ގުރުއާނުގައި އައިސްފައިޥާ ކަމަށއެވެ. އަދި ކޮންމެ އާސާރީ އެއްޗަކުން ދައްކަނީ ތިމަންމެން އެތާގައި ދިއިރުޅުނު ކަމުގެ ހެކި ކަމަށެވެ.

އިޒްރޭލު އެމްބަސީއަށް ހޯމް މިނިސްޓްރީން ނަސޭހަތްތެރިވީ އެ ޒާތުގެ ސިޔާސީ ޕޯސްޓްތައްކޮށް ތާރީޚީ ހަގީގަތްތައް އޮޅުވާލަން މަސައްކަތް ނުކުރުމަށެވެ. އަދި އދން ފާސްކޮށްފައިވާ ގަރާރުތައް އިޒްރޭލުން ދިރާސާކުރުމަށް ވެސް އެ މިނިސްޓްރީން ނަސޭހަތްތެރި ވެފައި ވެއެވެ.

އިޒްރޭލުން ވަނީ ސިންގަޕޫރުގައި ޕްރޮޕެގެންޑާގެ މަސައްކަތެއް ކޮށް މުސްލިމު އާބާދީއާއި ސިންގަޕޫރުގެ އެހެން އާބާދީއާ ދޭތެރެ ޖެއްސުމަށް ކެމްޕޭނެއް ހިންގާފައެވެ. އިޒްރޭލުން ވަނީ އަސީރުންގެ އާއިލާތަކުގެ މަންދޫބުން ކަމަށް ބުނެ ބައެއް މީހުން ގޮވައިގެން ސިންގަޕޫރަށް ގޮސް ޕީއާރް ޖައްސަން އުޅެފައެވެ.

ދުނިޔޭގައި އެންމެ ފޫހި ގައުމަކަށް ވެފައި ވަނީ މިހާރު އިޒްރޭލާއި އިޒްރޭލަށް ހަތިޔާރުދޭ އެމެރިކާއެވެ.

ސިންގަޕޫރު ސަރުކާރުން ބުނެފައި ވަނީ އެގައުމަކީ އެންމެންނާ މެދު ހަމަކޮށް ބަލާ ގައުމެއް ކަމަށާއި އެމްމެންގެ ސަލާމަތީ ކަންކަން ސިންގަޕޫރަށް  މުހިންމު ކަމަށް ބުނެފައި ވެއެވެ. އަދި އިޒްރޭލު އެމްބަސީން އެގޮތަށް އަމަލު ކުރުމުން އަމާންކަން ނަގާލެވި މަސްލަހަތު ގެއްލޭނެތީ ވަގުތުން ވަގުތަށް އެޕޯސްޓު ނެގުމަށް އަންގާފައި ވެއެވެ.

އިޒްރޭލުން ފޮނި ކަނޑާއިރު އިޒްރޭލަކީ ޑީއެންއޭ ޓެސްޓެއް ހަދައިގެން ނަސަބު ނޫނީ ދަރިކޮޅު ސާބިތު ކުރުން މަނާ ކޮށްފައިވާ ގައުމެކެވެ. އޭގެ ސަބަބަކީ ޑީއެންއޭ ޓެސްޓް ހެދުމުން ސާބިތުވަނީ ޒަޔަނިސްޓުންނަކީ ޔޫރަޕުން ފާކޮށްފައި ތިބި ބައެއް ކަމަށެވެ.

އޭގެ އިތުރުން ހާވާރޑް ޔުނިވާސިޓީން ހެދި ޓެސްޓަކުން ސާބިތުވެފައި ވަނީ ފަލަސްތީނު މީހުންނަކީ އެ ސަރަހައްދުގެ އެންމެ ގިނަ އެންމެ ޒަމާންވީ ޑީއެންއޭ ގެންގުޅޭ ތަނުގެ އަސްލު ވަޒަންވެރި މީހުން ކަމަށެވެ.



More from Kaafu Online