އަރޫނާޗަލް އަކީ އިންޑިއާގެ ބައެއް ކަމަށް ބަލައިގަންނަ ކަމަށް އެމެރިކާއިން ބުނެފި

Mon, 25 Mar 2024 03:19 PM

View on this article on Kaafu Online

އަރޫނާޗަލް އަކީ އިންޑިއާގެ ބައެއް ކަމަށް ބަލައިގަންނަ ކަމަށް އެމެރިކާއިން ބުނެފި

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އަރޫނާޗަލް ޕްރަދޭޝް އަކީ އިންޑިއާގެ މުހިންމު ބައެއްގެ ގޮތުގައި އެމެރިކާ ސަރުކާރުން ބަލައި ގަންނަކަން ކަށަވަރުކޮށްދީފަ އެވެ. ޗައިނާއާ އެއް ބޯޑަރެއްގައި އޮންނަ އިންޑިއާގެ އިރުއުތުރުގެ އަރޫނާޗަލް ޕްރަދޭޝަކީ ޗައިނާއިން ދެކޭ ގޮތުގައި ޗައިނާގެ ބައެކެވެ. އެމެރިކާއިން ވަނީ،  އެ ސަރަހައްދު ހޯދުމަށް ޗައިނާއިން  އަޅާ އެއްވެސް ފިޔަވަޅަކާ އެމެރިކާއިން ދެކޮޅު ހަދާނެ ކަމަށެވެ.



ސްޓޭޓް ޑިޕާޓްމަންޓުގެ ޕްރިންސިޕަލް ޑެޕިއުޓީ ސްޕޯކްސްޕާސަން ވެޑަންޓް ޕަޓޭލް ކޮންމެ ދުވަހަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފާހަގަކުރެއްވި ގޮތުގައި އެމެރިކާއިން ގަބޫލު ކުރަނީ އަރޫނާޗަލް ޕްރަދޭޝަކީ، އިންޑިއާގެ ސަރަހައްދުން ބައެކެވެ. އަދި "ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް" ހުރަސްކޮށް ވަދެގަތުމަށް ނުވަތަ އަރައިގަނެގެން ސަރަހައްދު ހޯދުމަށް ކުރާ އެއްވެސް މަސައްކަތަކާ އެމެރިކާއިން ދެކޮޅު ހަދާނެ ކަމަށެވެ.

ޗައިނާއިން ވަނީ އިންޑިއާގެ ބޮޑު ވަޒީރު އަރޫނާޗަލްއަށް ކުރެއްވި ޒިޔާރަތް ކުށްވެރިކޮށްފައެވެ. މޯދީ ވަނީ އެ ސްޓޭޓަށް ވަޑައިެގެން ސެލާ ޓާނަލް އިފްތިތާޙު ކޮށްދެއްވާފައެވެ.

The post އަރޫނާޗަލް އަކީ އިންޑިއާގެ ބައެއް ކަމަށް ބަލައިގަންނަ ކަމަށް އެމެރިކާއިން ބުނެފި first appeared on ކާފު އޮންލައިން.



More from Kaafu Online