ޒަޔަނިސްޓުން ފަލަސްތީނަށް ކާނާ ވެއްދުމަށް ހުރަސް އަޅާ

Mon, 25 Mar 2024 03:28 PM

View on this article on Kaafu Online

ޒަޔަނިސްޓުން ފަލަސްތީނަށް ކާނާ ވެއްދުމަށް ހުރަސް އަޅާ

ޣައްޒާގެ އުތުރުގައި ތިބި އެތައް ހާސް ބަޔަކަށް މުހިއްމު ކާބޯތަކެތީގެ އެހީ ރައްކާތެރިކަމާއެކު ގެންދެވޭނެ ގޮތް، ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އިޒްރޭލުން ހުރަސްއަޅައި ހުއްޓުވާފައިވާ ކަމަށް ފަލަސްތީނުގައި ހުންނަ ރެފިއުޖީންނާ ބެހޭ އދގެ އިދާރާއިން ބުނެފިއެވެ.



ޣައްޒާގައި، ބަނޑުހައިހޫނުކަން އިންތިހާއަށް ބޮޑު ވަމުންދާ ކަމަށާއި އާއިލާތަކަށް ދިރި ތިބުމަށް ނުރައްކާތެރި ގޮތްތަކެއް އިޚްތިޔާރުތަކެއް ކުރަން މަޖުބޫރު ކުރުވާކަމަށްވެސް އެ އިދަރާއިން ބުނެއެވެ.

ޒަޔަނިސްޓުން ހިންގާ ސަރުކާރުގެ ޓެރަރިސްޓް އަމަލުތަކަށް މިހާރު 171 ދުވަސް ވެފައި ވެއެވެ. އދން ބުނާ ގޮތުގައި މުޅި ސަރަހައްދު މިދާގޮތަށް ދަނީނަމަ މިހާރާއި މޭ މަހާ ދެމެދުގެ ދުވަހެއްގައި އެއްކޮށް ހައިހޫނުކަމަށް ދާން ޖެހިދާނެއެވެ.

 

The post ޒަޔަނިސްޓުން ފަލަސްތީނަށް ކާނާ ވެއްދުމަށް ހުރަސް އަޅާ first appeared on ކާފު އޮންލައިން.



More from Kaafu Online