ﷲ މި ކާޑިއޮލޮޖިސްޓްގެ މަރު ގެންނެވީ ކިހިނެއް؟

Thu, 08 Jun 2023 08:26 PM

View on this article on Kaafu Online

ﷲ މި ކާޑިއޮލޮޖިސްޓްގެ މަރު ގެންނެވީ ކިހިނެއް؟

16 ހާހަށް ވުރެން ގިނަ ހިތުގެ އޮޕަރޭޝަންތައް ކުރި އިންޑިއާގެ ގުޖުރާތު ސްޓޭޓުގެ މަޝްހޫރު ކާޑިއޮލޮޖިސްޓު ހިތް ހުއްޓިގެން މަރުވެއްޖެއެވެ. އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ގުޖުރާތުގެ ޖާމްނަގަރުގެ މީހެއްކަމަށްވާ ކަމަށްވާ އުމުރުން 41 އަހަރުގެ ޑރ. ގައުރަވް ގާނދީ މަރުވީ ނިދީގައެވެ.



ރިޕޯޓްތައް ބުނާ ގޮން އޭނާގެ ހޮސްޕިޓަލާއ އަދި އޭނާގެ ރައްޓެހިންނާއި އާއިލާއަށްވެސް ވަނީ ފުން ޝޮކެއް ލިބިފައެވެ.

ފުލުހުން ބުނާ ގޮތުގައި ގައުރަވް ގާންދީ މަރުވީ ނިދާފައި އޮއްވާ އާދައިގެ މަތިން ދުވަހެއް ހޭދަކުރުމަށް ފަހު މާބޮޑު ހާސްކަމަކާ ނުލައެވެ. އޭނާ ވަނީ މަރުވި ދުވަހުވެސް ހޮސްޕިޓަލުގައި ޑިއުޓީ އަދާކޮށްފައެވެ. އަދި ގެއަށް ދިޔައީ ވެސް އެރެއަށް އައިސްތިބި ހުރިހާ ބަލިމީހުން ބަލައި ނިންމާފައެވެ.

ގައުރަވް ގާންދީގެ އާއިލާގެ މެމްބަރުން ބުނާ ގޮތުން ރފޭގަނޑުގެ ކެއުމަށްފަހު އޭނާގެ މިޒާޖަށް އިތުރު ބަދަލެއް ނައަންނަ ކަމަށާއި އަދި އެއްވެސް ތަނަކަށް ތަދެއް އަރައިގެން ޝަކުވާއެއްވެސް ކޮށްފައި ނުވާ ކަމަށެވެ.

އޭނާ ހެނދުނު ހޭނުލައިގެން ހެނދުނު 6 ޖަހާ އެހާކަންހާއިރު ގޮވައި ބެލި އިރު ހޭނެތިފައިވާތީ އާއިލާއިން އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި ގައުރަވް ގާންދީ މަރުވީ ހާޓް އެޓޭކެއް ޖެހިގެންނެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ ޑރ. ގާންދީގެ މެޑިކަލް ކެރިއަރުގައި 16 ހާހަށްވުރެ ގިނަ ކާމިޔާބު ހިތުގެ އޮޕަރޭޝަންތައް ކުރައްވާފައިވާކަމެވެ.



More from Kaafu Online