ޕީޓީއައިގެ ރައީސް ޖަލަށް ލައިފި

Sun, 04 Jun 2023 10:13 PM

View on this article on Kaafu Online

ޕީޓީއައިގެ ރައީސް ޖަލަށް ލައިފި

ޕާކިސްތާންގެ އިދިކޮޅު ތަހްރީކޭ އިންސާފް (ޕީޓީއައި)ގެ ރައީސް ޕަރްވޭޒް އިލާހީ މިއަދު ޖަލަށް ލާން ޙުކުމް ކޮށްފިއެވެ. ކޮރަޕްޝަން މައްސަލައެއްގައި ތަހުގީގު ކުރެވެމުންދާ ޕަރުވޭޒް އާ ދެކޮޅަށް އިތުރު މައްސަލަތަކެއްވެސް ބަލަމުން ދެއެވެ.



އޭނާ ހައްޔަރުކޮށްފައި ވަނީ ލާހޯރުގައި ހުކުރު ދުވަހު އެވެ.

އެންޓި ކޮރަޕްޝަން ކޯޓަކުން އޭނާއަށް ތުހުމަތު ކުރަނީ ޕަންޖާބްގެ ގާނޫނުހަދާ މަޖިލީހުގައި ގާނޫނާ ހިލާފަށް މީހުންނަށް ވަޒީފާދިން މައްސަލައިގައެވެ.

ޕަރުވޭޒަކީ ޕަންޖާބުގެ ކުރީގެ ޗީފް މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ.



More from Kaafu Online