ޝިފާން ޕޮލިސް ކޮމިޝަނަރު އޮފީހުގެ ހެޑުގެ މަގާމުން ސާވިސް ޑިވެލޮޕްމަންޓަށް، މޫސާ އަލީ ޕޮލިސް ކޮމިޝަނަރު އޮފީހުގެ ހެޑަކަށް

Tue, 22 Oct 2024 05:08 PM

View on this article on Huvadhoo News

ޝިފާން ޕޮލިސް ކޮމިޝަނަރު އޮފީހުގެ ހެޑުގެ މަގާމުން ސާވިސް ޑިވެލޮޕްމަންޓަށް، މޫސާ އަލީ ޕޮލިސް ކޮމިޝަނަރު އޮފީހުގެ ހެޑަކަށް

ޕޮލިސް ކޮމިޝަނަރު އޮފީހުގެ ހެޑުގެ މަގާމުގައި ހުންނެވި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން، އެމަގާމުން ވަކިކޮށް، އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފިއެވެ.

މިއަދު މީޑިއާތަކަށް ދިން މައުލޫމާތުގައި ފުލުހުންގެ އިދާރީ އޮނިގަނޑަށް އަބަދުވެސް ބަދަލުތައް ގެންނަ ކަމަށާއި އެގޮތުން ހެޑް އޮފް ސާވިސް ޑިވެލޮޕްމަންޓު ޑިރެކްޓަރުގެ މަގާމަށް ޕޮލިސް ކޮމިޝަނަރު އޮފީހުގެ ހެޑުގެ މަގާމުގައި ހުންނެވި ޝިފާން ވަނީ ބަދަލުކޮށްފައި ކަމަށެވެ.

ހަމަމިއާއެކު ކޮމިޝަނަރު އޮފީހުގެ ހެޑަކަށް، ސާވިސް ޑިވެލޮޕްމަންޓުގެ އިސްވެރިއަކަށް ހުންނެވި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މޫސާ އަލީ އައްޔަނުކޮށްފައިވާ ކަަމަށާއި އެމަގާމަށް މޫސާ އަލީ އައްޔަނު ކުރީ އިއްޔެ ކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ.

މިދިޔަ ޑިސެމްބަރު މަހު ފުލުހުންގެ ތަރުޖަމާނުގެ ގޮތުގައި އަދި ޕޮލިސް ކޮމިޝަނަރު އޮފީހުގެ އިސްވެރިއަކަށް ޝިފާން ހަމަޖެއްސެވުމުގެ ކުރިން ޝިފާން ހުންނެވީ އައްޑޫ ޕޮލިސް އެކަޑެމީގައެވެ.

އަދި ޕޮލިސް ކޮމިޝަނަރު އޮފީހުގެ އިސްވެރިއަކަށް ހަމަޖައްސާފައިވާ މޫސާ އަލީ ކުރިން ހުންނެވީ ނ، ރ، ބ އަދި ޅ. އަތޮޅުގެ ރީޖަނަލް ކޮމާންޑަރަކަށެވެ. އެއަށްފަހު މަގާމުގެ ދައުރު ހަމަވުމުން ސާވިސް ޑިވެލޮޕްމަންޓް ޑިރެކްޓްރޭޓަކަށް ބަދަލުކުރެވުނެވެ.





More from Huvadhoo News