މަންމައަށް ވަޅިން ހަމަލާދީ މަރާލާނެ ކަމުގެ އިންޒާރު ދިން ދަރިއަކު ހައްޔަރު ކޮށްފި

Tue, 22 Oct 2024 04:42 PM

View on this article on Huvadhoo News

މަންމައަށް ވަޅިން ހަމަލާދީ މަރާލާނެ ކަމުގެ އިންޒާރު ދިން ދަރިއަކު ހައްޔަރު ކޮށްފި

މަންމައަށް ވަޅިން ހަމަލާދީ މަރާލާނެ ކަމުގެ އިންޒާރު ދިން ދަރިއަކު ހައްޔަރުކޮށްފި އެވެ.



ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭ ހިޔާ ފްލެޓު އެޗް 13 ގައި ދިރިއުޅޭ އަންހެނަކަށް ވަޅިން ހަމަލާދީ މަރާލާނެ ކަމުގެ އިންޒާރު ދިން ފިރިހެނެކެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދެއްވި ގޮތުގައި، އިއްޔެ ހަވީރު 16:17 ހާއިރު ހުޅުމާލޭ ހިޔާ ފްލެޓު އެޗް13ގެ އެޕާޓްމެންޓަކުން އަންހެނަކު ރޯ އަޑު އިވިގެން ފުލުހުންނަށް ރިޕޯޓުކުރި މައްސަލައަކާ ގުޅިގެން ފުލުހުން ވަނީ އެ ތަނަށް ގޮސްފައެވެ.

ފުލުހުން އެޕާޓްމެންޓްގެ ދޮރުގައި ޓަކިޖެހުމުން ދޮރު ހުޅުވި އަންހެން މީހާ ބުނެފައިވަނީ އޭނާގެ ދަރިފުޅު އޭނާއަށް އަނިޔާކޮށް، ވަޅިން ހަމަލާދީ މަރާލާނެ ކަމަށް ބުނެފައިވާ ކަމަށާއި، އަދި އޭނާގެ ފޯނު ވެސް ފޭރިގެންފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ މިއަދުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހ. އެހަޑަ، މުހައްމަދު އިސްމާއިލް (28 އަހަރު) ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ، މި ހާދިސާގައި އަނިޔާ ލިބުނު އަންހެން މީހާ ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާއަކީ ގެވެށި އަނިޔާގެ ނުރައްކާތެރި މައްސަލައަކަށްވާއިރު މިފަދަ ކަންކަން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތައް ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ދުވަހެއް ދުވަހަކަށް ތަރައްގީ ކުރަމުންދާ ކަން ފާހަގަކޮށްލެވެއެވެ.



More from Huvadhoo News