ވަޒީރު ޑރ. ޝަހީމަށް މަރުގެ އިންޒާރު ދިން މައްސަލައެއް ބަލަނީ

Tue, 22 Oct 2024 03:17 PM

View on this article on Huvadhoo News

ވަޒީރު ޑރ. ޝަހީމަށް މަރުގެ އިންޒާރު ދިން މައްސަލައެއް ބަލަނީ

 



އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. މި މަޢުލޫމާތު ހާމަކުރީ މޯލްޑިވްސް ޕޮލިސް ސަރވިސްއިންނެވެ.

ފުލުހުން ދާދި ދެންމެއަކު ބުނިގޮތުގައި އިއްޔެ މި މައްސަލަ ހުށަހަޅާފައިވަނީ ސިޓީއަކުންނެވެ. އަދި މި މައްސަލަ މިހާރު ދަނީ ތަޙުޤީޤު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް، އިންޒާރު ދިނީ ކޮން ފަރާތަކުން، ކިހިނެތްކަން އަދި ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައާ ގުޅިގެން ޑރ. ޝަހީމް އަދި މީޑިއާއަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ޑރ. ޝަހީމަކީ ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވްކޮށް އުޅުއްވާ ބޭފުޅެއް ކަމުގައިވީ ނަމަވެސް، މި މައްސަލައާ ގުޅޭގޮތުން އެއްވެސް ޕޯސްޓެއް ކުރައްވާފައެއް ނުވެއެވެ.



More from Huvadhoo News