ހުޅުމާލޭ ‘ރަށު މާރުކޭޓް’ގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުން ދިޔަ 23 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

Tue, 22 Oct 2024 03:04 PM

View on this article on Huvadhoo News

ހުޅުމާލޭ ‘ރަށު މާރުކޭޓް’ގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުން ދިޔަ 23 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ހުޅުމާލޭ ‘ރަށު މާރުކޭޓް’ގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުން ދިޔަ 23 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.



މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދީފައިވެއެވެ.

އިމިގްރޭޝަނުން ބުނާ ގޮތުގައި، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ‘ރަށު މާރުކޭޓް’ގެ 15 ގޮޅިއެއްގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް މަސައްކަތް ކުރަމުން ދިޔަ 23 ބިދޭސީން ވަނީ އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެ ތެރޭގައި ހިމެނެނީ 15 ފިރިހެނުންނާއި 8 އަންހެނުންނެވެ.

މި އޮޕަރޭޝަނުގައި އިމިގްރޭޝަންގެ 30 އޮފިސަރުންނާއި، ފުލުހުންގެ 24 އޮފިސަރުން، ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ އޮފިޝަލުންގެ އިތުރުން އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލުން ބައިވެރިވެފައިވާ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދީފައިވެއެވެ.

އިމިގްރޭޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިދިޔަ މަހު 17 އާ ހަމައަށް، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅުނު 4054 ބިދޭސީން ވަނީ އަނބުރާ އެ މީހުންގެ ގައުމުތަކަށް ފޮނުވާލާފައެވެ. މީގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ބިދޭސީން ފޮނުވާލާފައިވަނީ މި އަހަރުގެ ޖޫން މަހުގައެވެ.



More from Huvadhoo News