ތަކުރާރުކޮށް ސައިކަލު ވަގަށް ނަގާ މީހަކު ހައްޔަރުކޮށް, 15 ދުވަހަށް ބަންދު ކޮށްފި

Tue, 22 Oct 2024 02:18 PM

View on this article on Huvadhoo News

ތަކުރާރުކޮށް ސައިކަލު ވަގަށް ނަގާ މީހަކު ހައްޔަރުކޮށް, 15 ދުވަހަށް ބަންދު ކޮށްފި

ތަކުރާރުކޮށް ސައިކަލު ވަގަށް ނަގާ މީހަކު އަނެއްކާވެސް ސައިކަލެއް ވަގަށް ނަގައިގެން ހައްޔަރުކޮށްފިއެވެ.



މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ބ. ދަރަވަންދޫ/ ވިދުވަރުގޭ، ހުސެއިން ޝާއިފް (32 އަހަރު) އެވެ.

ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން، ޝާއިފްއަކީ ހައްޔަރާއި ބަންދުގެ ރެކޯޑްގެ ލޮގް ގިނަ މީހެކެވެ. މި އަހަރު އެކަނިވެސް ސައިކަލު ވަގަށް ނަގައިގެން ހަތަރު ފަހަރު އޭނާ ހައްޔަރު ކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި ޝާއިފްގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް ކޯޓުން ބުނެފައިވެއެވެ. އަދި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އޭނާ 15 ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.



More from Huvadhoo News