ފަތިސްތަރި: ޖިންސީ ގޯނާއިން ރައްކާތެރިވާނެގޮތް ކުދިންނަށް އަބަދުވެސް ކިޔައިދޭން ޖެހޭ

Tue, 22 Oct 2024 05:30 AM

View on this article on Huvadhoo News

ފަތިސްތަރި: ޖިންސީ ގޯނާއިން ރައްކާތެރިވާނެގޮތް ކުދިންނަށް އަބަދުވެސް ކިޔައިދޭން ޖެހޭ

ޖިންސީ ގޯނާއިން ރައްކާތެރިވާނެގޮތް އަބަދުވެސް ކުދިންނަށް ކިޔައިދޭން ޖެހެއެވެ. މިއީ ކުއްޖާ އެންމެ ކުޑައިރުންފެށިގެންވެސް ކުއްޖާއަށް ދޭންޖެހޭ މައުލޫމާތެވެ. އިތުބާރު ހިފޭ، ތެދުވެރި މައުލޫމާތެއް ހޯދަން ތިބާގެ ގާތަށް ކުއްޖާ އައުމުގެ ކުރިން އެމައުލޫމާތު އެކި ގޮތްގޮތަށް ކުއްޖާއަށްދީފަ ބެހެއްޓުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.



ޖިންސީ ގޯނާއެއް ކުދިންނަށް ކުރިމަތިވުމަކީ ކޮންމެ މީހަކުވެސް ވަރަށް ބޮޑަށް ފާހަރަވެރިވާން ޖެހޭ ކަމެކެވެ. އެހެންކަމުން ކޮންމެމީހަކުވެސް ތިމާގެ ދަރިން ޖިންސީ ގޯނާއާއި މި ނޭއްގާނީ ވަބާއިން ސަލާމަތް ކުރުމަށް ވިހެއީސުރެވެސް ކުދިންނަށް މި ވާހަކަތައް ކިޔައިދޭން އޮންނަ އުސޫލުން ކިޔައިދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. 0-8 އަހަރު ވަންދެން ( ކުއްޖާ ޕީރިއަޑް) ވަންދެން މަންމަ ނުވަތަ އާއިލީ މީހެއްގެ އެހީތެރިކަމުގައި ކުއްޖާ އުޅޭ އިރު ހަށިގަނޑުގެ ނާޒުކު ގުނަވަންތަކުގެ ތެރޭގައި ހިމެނޭ ޖިންސީ ގުވަންތަކުގައި މީހުންނަށް އަތްނުލެވޭނެކަން ވެސް އަންގަންޖެހެއެވެ. އަދި ފިރިހެން ކުއްޖަކު ކަމަށްވި ނަމަވެސް މެއެވެ.

ދަރިފުޅުގެ އުމުރާ ގުޅޭގޮތުން އެވާހަކަތައް ކިޔައިދެވޭއިރު، ބައެއްމީހުންނަށްހީވަނީ ޖިންސީ ގޯނާގެ ވާހަކައަކީ ފަހުން ދައްކަން ޖެހޭ ވާހަކައެއްހެނެއެވެ. ނަމަވެސް އެއީ މުޅިން ކުށްހީއެކެވެ. އެއީ ބަދަލުކޮށްލަންޖެހޭ ވިސްނުމެކެވެ.

އެންމެ ކުޑައިރުގަ ކުދިންނަށް ސެކްސް އެޑިއުކޭޝަން ދޭނެ ގޮތް

ކުއްޖާ ދުނިޔެއަށް އައީސުރެ ކުއްޖާގެ ހަށިގަނޑަކީ އަގުހުރި ހަށިގަނޑެއްކަން ކުއްޖާއަށް ވިސްނުވައިދޭންޖެހެއެވެ. އަދި ކުއްޖާއާއި ގުޅުން އޮންނަ މީހުންނަށްވެސް މިކަންތައް ވަރަށް ރަނގަޅަށް ކިޔައިދޭންޖެހެއެވެ. ކޮންކޮންމެ މީހަކު ލައްވާ ނެޕީ ބަދަލުކުރުމާއި ކުއްޖާ ފެންވެރުވުންވެސް ދުރުކުރަންޖެހޭނެއެވެ. އަދި ވަކިވަރަކަށް ބޮޑުވުމުން ހެދުންބަދަލުކުރުންވެސް ވަކި ހަމަޔަކަށް ބަދަލުކުރަންޖެހެއެވެ.

މީގެ އިތުރުން ހަށިގަނޑުގެ މި ބުނާ ޖިންސީ ގުނަވަންތައް ވެސް ވަކިވަކިން އޮޅުންފިލުވަންދޭން ޖެހޭނެއެވެ. އަދި މިފަދަ ގުނަވަންތަކުގައި އެއްވެސް މީހަކަށް އަތްނުލެވޭނެކަންވެސް އަންގަންޖެހޭނެއެވެ. މިއީ ގޭތެރެއިން ދިމާވެދާނެ ބިރިވެރި ހާލަތަކަށް ކުއްޖާ ތައްޔާރު ކުރުމެވެ. އަދި މިފަދަ އަމަލެއް ގޯސް ނިޔަތެއްގައި އާއިލާމީހެއްގެ ފަރާތުން ހިނގާކަމަށްވާނަމަ ކުއްޖާ އަށް ނޫނެކޭ ބުނުމުގެ ހިތްވަރުވެސް ދޭންޖެހޭނެއެވެ. އަމިއްލަ ނަފްސަށް ދެވޭ އިތުބާރާއި ޔަގީން ކަމަކީ ނަފްސަށް ދެވޭ އެންމެ ދުޅަހެޔޮފަރުވާކަން ޔަގީނެވެ.



More from Huvadhoo News