ކަރަންޓް ބިލުތައް ބޮޑުވާ ސަބަބުތައް ދެނެގަނެ، މިދަނީ ބިލުތައް ކުޑަކުރެވޭނެ ގޮތްތައް ބަލަމުން: ޠާރިޤް

Mon, 21 Oct 2024 10:07 PM

View on this article on Huvadhoo News

ކަރަންޓް ބިލުތައް ބޮޑުވާ ސަބަބުތައް ދެނެގަނެ، މިދަނީ ބިލުތައް ކުޑަކުރެވޭނެ ގޮތްތައް ބަލަމުން: ޠާރިޤް

ކަރަންޓް ބިލުތައް ބޮޑުވާ ސަބަބުތައް ދެނެގަނެ، ބިލުތައް ކުޑަކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބެލުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކަމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.



މިިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާަގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ނާޒިލް ވިދާޅުވީ ކަރަންޓުގެ ހޭދަޔަށް ރައްޔިތުން ބޮޑު ހޭދައެއް ކުރަމުންދާއިރު، ރައްޔިތުންގެ ކަންބޮޑުވުމަކީ ކަރަންޓަށް ދައްކަންޖެހޭ ބިލަށް އިރުއިރުކޮޅާ ބިލު ބޮޑުވަމުންދާ ދިއުން ކަމަށެވެ. އެކަން ފާހަގަކުރައްވައި ނާޒިލް ވަނީ އެކަމާ ގުޅިގެން ކުރެވެމުންދަނީ ކޮން މަސައްކަތްތަކެއްތޯ އައްސަވައި ސުވާލުކުރައްވައިފައެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ ކަރަންޓް ބިލުތައް ބޮޑުވާ ސަބަބުތައް ދެނެގަތުމުގެ މަސައްކަތް ކެނޑިނޭޅި ކުރަމުންދާ ކަމަށެވެ.

އެގޮތުން ބެލިބެލުމުގައި އެންމެ ބޮޑު އެއް ސަބަބެއް ކަމަށް ރާއްޖޭގެ ގިނަ ރަށްރަށުގައި ދިމާވާ އެއްކަމަކީ ރާއްޖެ އެތެރެކުރާ ތެޔޮ އެ އެތެރެކުރާ މިންވަރާ، މި ދެންނެވީ ފުދޭވަރަކަށް ބޮޑު ޚަރަދެއް ކުރަންޖެހޭ ރާއްޖެއަށް ތެޔޮ އެތެރެކުރަން އަދި އެ އެފިޝަންޓްކޮށް ޖަނަރޭޓުކުރަން.

މިނިސްޓަރު ވިދާޅުވީ މިހާރު ވެސް ޓެރިފްގެ ގޮތުގައި ކަނޑައެޅިފައިވާ އަދަދުތަކަކީ އެ ޖެނެރޭޓްކުރަން ބޭނުންވާ އަދަދަށްވުރެ މާ ކުޑަ އަދަދެއް ކަމަށާއި، އެކަން ރަނގަޅުކުރެވޭނީ މުޅި ސިސްޓަމު އެފިޝަންޓުކުރެވިގެން ކަމަށެވެ.

އެހެންވެގެން އަޅުގަނޑުމެން މި އިތުރަށް ސޯލާ ސިސްޓަމް މުޅި ރާއްޖޭގައި ނޫނީ ރިނިއުބަލް އެނަރޖީ ސިސްޓަމް މުޅި ރާއްޖެއަށް، ރާއްޖޭގައި ޑިވެލޮޕްކުރަން މަސައްކަތް މި ކުރަނީ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މި ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް އުފައްދާ ކަރަންޓުގެ %33 އަކީ އިޔާދަކުރަނިވި ހަކަތަޔަށް ހެދުމަށް މަސައްކަތް ކުރަން.

މިނިސްޓަރު ވިދާޅުވީ “މަގޭ ސޯލާ” މަޝްރޫއުއާއެކު އަމިއްލަ ފަރާތްތަކުގެ ވެސް ކަރަންޓު ބިލު ކުޑަވެގެންދާނެ ކަމަށެވެ. އަދި އެ ސިސްޓަމް ގަތުމަށް ދިގު މުއްދަތަކަށް ބަހައިލައިގެން ފައިސާ ދެއްކޭނެ ގޮތަކަށް ވެސް ހަމަޖެހިގެންދާނެ ކަމަށެވެ. ފެނަކައާއި، ސްޓެލްކޯއާ ގުޅިގެން އެ މަސައްކަތް ފަށައި، އެ ސިސްޓަމްތަކުގެ ފުރަތަމަ 700 ޔުނިޓު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާރު އޭގެ އެއްބައި މާލެއަށް ގެނެވިއްޖެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި އެހެން މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި މޫސުމަށް އަންނަ ބަދަލާއި ކަރަންޓާ ވަރަށް ބޮޑު ގުޅުމެއް އޮވެއެވެ.

އޭގެ މިސާލެއް ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ހޫނު
މޫސުމުގައި ރާއްޖޭގައި ގިނަ ގޭބިސީތަކުގައި އެއަރކޯން ބޭނުންކުރާ ކަމަށާއި، ހޫނު މޫސުމުގައި އެއަރކޯން ޖައްސާފައި ހުންނަ ގަޑިތައް އިތުރުވެގެންދާ ކަމަށެވެ.

އެހެންވީމާ، ވަރަށް ބޮޑު ގުޅުމެއް އޮވޭ އެނަރޖީއާ އަދި މޫސުމާ. އެހެންވީމާ، އެއީ ފެކްޓެއް އިނގޭތޯ ހަމަ. މިނިސްޓަރު ވިދާޅުވިއެވެ.



More from Huvadhoo News