5 އަހަރު ނިމުނުއިރު ކެލާ، ފިއްލަދޫގެ އަލަށް އާބާދުވި ސަރަހައްދަށް ކަރަންޓުގެ ޚިދުމަތް ނުދެވި އޮތް މައްސަލަ ހައްލުކުރަނީ

Mon, 21 Oct 2024 08:36 PM

View on this article on Huvadhoo News

5 އަހަރު ނިމުނުއިރު ކެލާ، ފިއްލަދޫގެ އަލަށް އާބާދުވި ސަރަހައްދަށް ކަރަންޓުގެ ޚިދުމަތް ނުދެވި އޮތް މައްސަލަ ހައްލުކުރަނީ

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ފަސް އަހަރު ނިމުނުއިރު ވެސް، ހއ.ކެލަޔާއި، ފިއްލަދޫގެ އަލަށް އާބާދުވި ސަރަހައްދަށް ކަރަންޓުގެ ޚިދުމަތް ނުދެވި އޮތް މައްސަލަ ހައްލުކުރުމުގެ މަސައްކަތް މި ސަރުކާރުން ފަށައިފިއެވެ.



ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެލާ ދާއިރާގެ މެންބަރު ޢަބްދުالله ޝަރީފް ވިދާޅުވީ ކެލާ، ފިއްލަދޫ މި ދެ ރަށުގައި އަލަށް އާބާދުވި ސަރަހައްދުގައި ރައްޔިތުން ގެދޮރު ހަދައި، ގެއަށް ދާން ބޭނުންވެފައި ތިބިތާ 5 ވަރަކަށް އަހަރު ވެއްޖެ ކަމަށެވެ. އެކަމަކު 5 އަހަރު ނިމިގެންދިޔައިރު ވެސް އެ ގެތަކަށް އޮތީ ކަރަންޓުގެ ޚިދުމަތް ނުލިބި ކަމަށާއި، އަދިވެސް އެކަން ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤު އިބްރާހީމް މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންފާއިރު، މެންބަރު ޝަރީފް ވަނީ ކެލާ، ފިއްލަދޫގެ އަލަށް އާބާދުވި ސަރަހައްދަށް ކަރަންޓުގެ ޚިދުމަތް ނުދެވި އޮތް މައްސަލައަށް ހައްލު ގެނައުމުގެ މަސައްކަތާ ގުޅޭ ގޮތުން މިނިސްޓަރަށް ސުވާލު ދަންނަވައިފައެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ވެސް އެ މަސައްކަތް ފަށާފައިވާ ކަމަށާއި، ޚާއްސަކޮށް ކެލާގެ ގެތަކަށް ކަރަންޓު ދިނުމަށާއި، ފެނާއި ނަރުދަމާގެ ނިޒާމު ވެސް ފޯރުކޮށްދިނުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ޠާރިޤް މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. ފޮޓޯ: މަޖިލިސް

އެކަމަކު އަޅުގަނޑަށް ސީދާ މިއަދު އަޅުގަނޑަކަށް ޖަވާބެއް ދަންނަވާކަށް ނޭނގެ މިހާރު އެ މަސައްކަތް ގޮސްފައި އޮތީ ކޮން
ހިސާބަކަށްތޯ؟

އެހެންނަމަވެސް، އެކަމަށް ޚާއްސަ އިސްކަމެއްދީގެން މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރުގެ ޖަވާބުގައި ފާހަގަކުރެއްވިއެވެ.



More from Huvadhoo News