ފުވައްމުލައް ސިޓީގައި ’ޝީޝާ ރަށި ބާޒާރޮ 2024‘ ފަށައިފި

Mon, 21 Oct 2024 09:43 PM

View on this article on Huvadhoo News

ފުވައްމުލައް ސިޓީގައި ’ޝީޝާ ރަށި ބާޒާރޮ 2024‘ ފަށައިފި

ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން އިސްނަގައިގެން ފުވައްމުލައް ސިޓީ ކައުންސިލާ ގުޅިގެން ބާއްވާ ‘ޝީޝާ ރަށި ބާޒާރޮ 2024’ ފަށައިފިއެވެ.



ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ބާޒާރު ބާޒާރު ހުޅުއްވައި ދެއްވައިފައިވަނީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފާއި، ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިތީގެ ރައީސް މަރިޔަމް ދިޔާނާއާއި، ގދ އަތޮޅު ކައުންސިލުގެ ރައީސް ޙަސަން ފައިހަތު ޤުދުރަތުﷲ އަދި ޝީޝާ ފުވައްމުލައް ސިޓީ އައުޓްލެޓް މެނޭޖަރ މަދީހާ މުޙައްމަދެވެ.

މި ބާޒާރަކީ ފުވައްމުލައް ސިޓީގެ ފިހާރަތަކުން އާންމުކޮށް މުދާ ލިބެން ހުންނަ އަގަށްވުރެ ހެޔޮކޮށް އަދި ގިނަ ވައްތަރުގެ އެކި ކަހަލަ މުދާތައް އެއްތަނަކުން ލިބޭނެ މަގު ފަހިކޮށްދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ބާޒަރެކެވެ.

ރޭ އެކަނި ވެސް މި ބާޒާރަށް ވަނީ 1،000 އަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައެވެ.

ރަށި ބާޒާރޮ 2024 އަށް ރޭ އެކަނިވެސް ހާހަކަށްވުރެ ގިނަ މީހުން ޒިޔާރަތްކުރި.

ފުވައްމުލައް ސިޓީ ޒުވާނުންގެ މަރުކަޒުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ބާޒާރު ދެން ކުރިއަށްދާނީ މިރެއާއި މާދަމާރެއާއި މި މަހުގެ 24 ވަނަ ދުވަހުގެރޭގައެވެ.

މި ބާޒާރުގައި މިއަހަރުވަނީ 43 ވިޔަފާރިއަކުން ބައިވެރިވެފައެވެ. އޭގެތެރޭގައި ބަދިގޭ ސާމާނާއި، ކުޑަކުދިން ކުޅޭ ސާމާނާއި، އަންނައުނާއި، ގޭތެރެ ޒީނަތްތެރިކުރަން ބޭނުންވާ ސާމާނާއި، ގެއަށް ބޭނުންވާ ގިނަ ބާވަތްތަކުގެ މުދާ ވިއްކާ ފަރާތްތަކުންނާއި، ކާބޯތަކެތީގެ ބާވަތްތައް ތައްޔާރުކޮށް ވިއްކާ ފަރާތްތައް ހިމެނެއެވެ.

މި ބާޒާރަށް ޒިޔާރަތްކުރާ އެންމެންގެ މެދުގައި، ބާޒާރުގެ އެންމެ ފަހު ރޭ ނެގުމަށް ހަމަޖެހިފައިވާ ގުރުއަތުން ހޮވޭ ފަރާތަކަށް ‘ޝީޝާ ރަށި ބާޒާރޮ 2024’ ގެ ބޮޑު އިނާމެއްގެ ގޮތުގައި ޝީޝާ އިން ހުށަހަޅައިފައިވާ ‘ހޮންޑާ އެއަރބްލޭޑް 125 ސްޓޭންޑާޑް އެޑިޝަން’ ގެ ސައިކަލެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ބާޒާރު އޮންނަ ކޮންމެ ރެއަކުވެސް، އެ ރެއަކު ބާޒާރަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުމަށް ހަމަޖެހިފައިވާއިރު، ރޭ ބާޒާރަށް ޒިޔާރަތްކުރި ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތުން ވަނީ 16 ފަރާތަކަށް އެކި ކަހަލަ އަގުހުރި އިނާމުތައް ދީފައެވެ.



More from Huvadhoo News