މި ދައުރުގައި ކުނބުރުދޫއަކީ ރައްކާތެރި ގޮތުގައި ކުނި މެނޭޖުކުރެވޭ ރީޖަނަލް ޓްރާންސްފަރ ސްޓޭޝަނަކަށް ހެދިގެންދާނެ: ޠާރިޤް

Mon, 21 Oct 2024 08:11 PM

View on this article on Huvadhoo News

މި ދައުރުގައި ކުނބުރުދޫއަކީ ރައްކާތެރި ގޮތުގައި ކުނި މެނޭޖުކުރެވޭ ރީޖަނަލް ޓްރާންސްފަރ ސްޓޭޝަނަކަށް ހެދިގެންދާނެ: ޠާރިޤް

މި ދައުރުގެ ތެރޭގައި ހދ.ކުނބުރުދޫއަކީ ރައްކާތެރި ގޮތުގައި ކުނި މެނޭޖުކުރެވޭ ރީޖަނަލް ޓްރާންސްފަރ ސްޓޭޝަނަކަށް ހެދިގެންދާނެ ކަމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.



މިިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާަގައި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

މެންބަރު ވިދާޅުވީ ހއ، ހދ އަދި ށ.އަތޮޅުގެ ކުނި މެނޭޖުކުރުމަށްޓަކައި ވޭތުވެދިޔަ ސަރުކާރުން ކުނބުރުދޫގައި މަސައްކަތްތަކެއް ކުރަން ފެށި ކަމަށެވެ. އަދި މި ސަރުކާރުގައި އެ ތިން އަތޮޅުގެ ކުނި މެނޭޖުކުރުމަށް ގެންގުޅުއްވާ ސިޔާސަތަކީ ކޮބައިތޯ އައްސަވައި މެންބަރު ސުވާލު ކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ހއ، ހދ، ށ، މިއީ ކުނި
މެނޭޖުކުރުމުގެ ޕްލޭންގެ ޒޯން-1 ގެ ރަށްރަށް ކަމަށާއި، މި ޒޯނުގެ ބައެއް ރަށްރަށަކީ އޮފިޑްގެ ފަންޑިންގގެ ދަށުން މަސައްކަތް ކުރުމަށް ކުނި މެނޭޖުކުރާ ތަންތަން އެޅުމަށް ރޭވިފައި އޮތް ޕްލޭނެއް ކަމަށެވެ. އަދި މި ވޭތުވެދިޔަ ފަސް އަހަރު ދުވަހު އެ މަސައްކަތް ނުކުރެވި އޮތީ އެކި ސަބަބުތަކާ ގުޅިގެން ކަމަށާއި، އެހެންނަމަވެސް، މިހާރު މި ސަރުކާރުން އެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން އެ ޒޯންގެ 21 ރަށެއްގެ ތެރެއިން 11 ރަށުގެ މަސައްކަތް މިހާރު ފަށަން ނިންމައި ކޮންޓްރެކްޓަރާ ވެސް ހަވާލުކުރެވިފައިވާ ކަމަށާއި، ކުރިއަށް މި އޮތް ހަފުތާއެއްގެ ތެރޭގައި ކޮންޓްރެކްޓަރަށް މަސައްކަތް ފެށްޓުމަށް އެންގިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުނބުރުދޫ ތަރައްގީކުރަން އިތުރަށް ބޭނުންވާ ފައިސާ އޭރު ކުނބުރުދޫއާ ހަވާލުކުރި ކަމުގައި ނަމަވެސް އެ ފައިސާ އޮތީ ނުލިބި ކަމަށެވެ.

ދެން ކޮންމެވެސް ވަރަކަށް ލޭންޑިންގ ޕްލެޓްފޯމެއް ހެދި، ކުނބުރުދޫއަކީ ވަރަށް އުނދަގޫ ރަށެއް އަރައިފައިބަން.
އެހެންވީމާ، އިތުރަށް ވަރަށް ބައިވަރު މަސައްކަތްކޮށްގެން އެ ރަށުގެ މަސައްކަތްތައް، މި ދެންނެވީ ވޭސްޓް މެނޭޖްމަންޓް މަސައްކަތް ކުރެވިގެންދާ. އެހެންނަމަވެސް، އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުމެން މި ދައުރުގެ ތެރޭގައި ކުނބުރުދޫއަކީ ހަމަ ރައްކާތެރި ގޮތުގައި ކުނި މެނޭޖުކުރެވޭ ރީޖަނަލް ޓްރާންސްފަރ ސްޓޭޝަނަކަށް ހެދިގެންދާނެ ކަމަށް. އެ މަސައްކަތް އަޅުގަނޑުމެން މި ކުރަނީ.

މިނިސްޓަރު ވިދާޅުވީ ކުނބުރުދޫއަކީ އަރައި ފައިބަން އުނދަގޫ ރަށެއް ނަމަވެސް، އެ ރަށް ބޭނުންކޮށްގެން ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ހަދައި، އެ ހިސާބުގަނޑުގެ ރަށްރަށުން ކުނި ގެންދެވޭނެ ގޮތްތައް ހަދައިދޭނެ ކަމަށެވެ.



More from Huvadhoo News