ލިބެނީ ގެއްލުމާއި ހަލާކުކަން ޔަގީން، އެކަމަކުވެސް ވޭޕް މަނާ ނުކޮށް ރެގިއުލޭޓް ކުރުމަށް ގޮވާލައި މުޒާހަރާ ކޮށްފި

Mon, 21 Oct 2024 06:30 PM

View on this article on Huvadhoo News

ލިބެނީ ގެއްލުމާއި ހަލާކުކަން ޔަގީން، އެކަމަކުވެސް ވޭޕް މަނާ ނުކޮށް ރެގިއުލޭޓް ކުރުމަށް ގޮވާލައި މުޒާހަރާ ކޮށްފި

ރާއްޖޭގައި ވޭޕް މަނާކުރުމަށް ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް، ވޭޕަކީ ގެއްލުމާއި ހަލާކުކަން ޔަގީންވާއިރުވެސް ރައްޔިތުންގެ މަޖިލިސް ކައިރީގައި ޒުވާނުންތަކެއް މިއަދު މުޒާހަރާކޮށްފިއެވެ. މި މުޒާހަރާގައި ބައިވެރިވި ފަރާތްތަކުން ވަނީ ވޭޕް މަނާކުރުމުގެ ބަދަލުގައި ރެގިއުލޭޓް ކުރުމަށް ގޮވާލާފައެވެ.



މުޒާހަރާގައި ބައިވެރިވި ފަރާތްތަކުން ބުނެފައިވަނީ ވޭޕް މަނާކުރުމުގެ ސަބަބުން ކުދި ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން 300 އަށްވުރެ ގިނަ ވަޒީފާ ގެއްލިގެންދާނެ ކަމަށް ވެސް އެފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.

“ވޭޕް ކުރުމަކީ ކުށެއް ނޫން” އަދި “މިކަމުގައި ޒިންމާވާނީ ކާކު؟” ފަދަ ބޯޑުތައް މުޒާހަރާ ކުރިއިރު ބައިވެރިން ތިބީ ހިފަހައްޓައިގެންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވޭޕްކުރަން ބޭނުންކުރާ ތަކެއްޗާއި އޭގެ ވަކިވަކި ބައިތައް ރާއްޖެ އެތެރެކުރުން މަނާކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައެވެ. އަދި އަންނަ ޑިސެމްބަރު 15 އިން ފެށިގެން ވޭޕްކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި އިޝްތިހާރުކުރުމާއި ހިލޭ ބެހުން މަނާކުރުމަށް ވެސް އަންގަވާފައިވެއެވެ.

މީގެ އިތުރުން، އަންނަ ނޮވެމްބަރު 1 އިން 15 ގެ ނިޔަލަށް ރާއްޖެ އަށް އެތެރެކުރާ ވޭޕުން ޑިއުޓީ ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލިހަށް އިސްލާހެއް ހުށަހަޅާފައިވެއެވެ.

ރާއްޖޭގައި ވޭޕް މަނާކުރުމަކީ ފަހުގެ ތާރީހެއްގައި ރާއްޖޭގެ ސަރުކާރަކުން އަޅަން ނިންމި އެންމެ ވަރުގަދަ، އަދި އެންމެ “ކެރިގެން އަޅާފައިވާ” ތަފާތު ފިޔަވަޅެކެވެ. މިކަމުގެ ސަބަބުން ދުންފަތުގެ އިސްތިއުމާލު ކުޑަކުރުމަށް މަގުފަހިވާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ. ނަމަވެސް، ވިޔަފާރިވެރިންނާއި ބައެއް ޒުވާނުން މިކަމާ ކަންބޮޑުވުން ފާޅުކޮށް، ރެގިއުލޭޓްކުރުމަށް ގޮވާލަމުންދަނީ މިއީ ކަނޑައެޅިގެން ގެއްލުމާއި ހަލާކުކަމާއި ކުރިއަރަމުން އަންނަ އަދާއި މާދަމާގެ ޖީލު ހަލާކަށް ވައްޓާލުން ކަން ޔަގީންވާއިރުވެސްމެއެވެ.



More from Huvadhoo News