ފުލުހުންގެ ފުރަތަމަ ސްޕޯޓްސް ފިޒީކް ޗެމްޕިއަންޝިޕްގެ މިސްޓާ ޕޮލިސްގެ މަގާމު ސީނިއާ ސާޖަންޓް މިރާހް އަބްދުﷲ އަށް

Mon, 21 Oct 2024 05:38 PM

View on this article on Huvadhoo News

ފުލުހުންގެ ފުރަތަމަ ސްޕޯޓްސް ފިޒީކް ޗެމްޕިއަންޝިޕްގެ މިސްޓާ ޕޮލިސްގެ މަގާމު ސީނިއާ ސާޖަންޓް މިރާހް އަބްދުﷲ އަށް

ފުލުހުންގެ ފުރަތަމަ ސްޕޯޓްސް ފިޒިކް ޗެމްޕިއަންޝިޕްގެ މިސްޓާ ޕޮލިސްގެ މަގާމު ސީނިއާ ސާޖަންޓް މިރާހް އަބްދުﷲ ހޯދައިފި އެވެ. މި މުބާރާތް ބޭއްވުނީ އިއްޔެ ރޭ އިސްކަންދަރު ކޮށީގައެވެ.



މި މުބާރާތް ޝަރަފްވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހުސާން އެވެ. އެލިޔާ އިންވެސްޓްމަންޓްގެ ޓައިޓްލް ސްޕޮންސަރޝިޕްގެ ދަށުން ބޭއްވުނު “ޔަމަހާ މިސްޓާ ޕޮލިސް” މުބާރާތުގައި 4 ކެޓަގަރީއަކުން ފުލުހުން ވާދަކުރިއެވެ.

މިސްޓާ ޕޮލިސްގެ މަގާމު ހޯދި މިރާހް އަށް އެލިއާ އިންވެސްޓްމަންޓްގެ ފަރާތުން “ޔަމަހާ އެންމެކްސް 155” ގެ ސައިކަލެއް އިނާމުގެ ގޮތުގައި ލިބުނެވެ. މީގެ އިތުރުން، ބްލޭޒް ފިޓްނަސް ސެންޓަރުގެ ފަރާތުން ދެ އަހަރު ދުވަހުގެ ބްރޭންޑް އެމްބެސެޑަރުކަމާއެކު ޖިމް އޯލް އެކްސެސް، އަދި އެޕަޓައިޓްގެ ފަރާތުން ތިން އަހަރު ދުވަހުގެ ޑިސްކައުންޓް ކާޑެއް ހަދިޔާގެ ގޮތުގައި ލިބުނެވެ.

މިރާހް ވަނީ “މޭންސް ސްޕޯޓްސް ފިޒީކް” 180 ސެންޓިމީޓަރު ކެޓަގަރީންވެސް 1 ވަނަ ހޯދާފައެވެ. މި ކެޓަގަރީން 2 ވަނަ އަށް ހޮވުނީ ސީނިއާ ސާޖަންޓް އިނާޒް ޔޫސުފް އެވެ. އަދި 3 ވަނަ އަށް ހޮވުނީ ސަބް އިންސްޕެކްޓަރ އަލީ އަމަން އެވެ.

އެހެން ކެޓަގަރީތަކުގެ ނަތީޖާތައްވެސް އިއުލާންކުރެވުނެވެ. މެންސް ސްޕޯޓްސް ފިޒީކް އަޕްޓު 165 ސެންޓިމީޓަރުޓަރު ކެޓަގަރީން 1 ވަނަ ހޯދީ ސާޖަންޓް މުޖުތަބާ މުހައްމަދު އެވެ. މެންސް ސްޕޯޓްސް ފިޒީކް އަޕްޓު 170 ސެންޓިމީޓަރު ކެޓަގަރީން 1 ވަނަ ހޯދީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ކާމިލް އެވެ.

މި މުބާރާތުގައި ވަނަތަކަށް ހޮވުނު އެތުލީޓުންނަށް ފައިސާގެ އިނާމާއި ގިފްޓް ވައުޗަރ ހަދިޔާގެ ގޮތުގައި ދެވުނެވެ. އަދި ބޮޑީބިލްޑިންގ ދާއިރާއިން ރަން ވަނަތަކެއް ހާސިލްކޮށްފައިވާ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު މޫސާ އާއި ކޮންސްޓަބަލް އަޒްނީން ރަޝާދު އަށް ހަނދާނީ ފިލައެއް އެރުވުނެވެ.

ޕޮލިސް ކުލަބުގެ ރައީސް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރަޝީދު ވިދާޅުވީ މި މުބާރާތް އަންނަ އަހަރުވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އަންނަ އަހަރުގެ މުބާރާތް ޖުލައި 4 ވަނަ ދުވަހު ބާއްވާނެ ކަމަށްވެސް ރަޝީދު ވިދާޅުވިއެވެ.

މި މުބާރާތަކީ ފުލުހުންގެ މެދުގައި ޖިސްމާނީ ދުޅަހެޔޮކަމާއި ފިޓްނަސްގެ މުހިންމުކަން އިތުރުކޮށް، އެކަމަށް ހިތްވަރު ދިނުމުގެ މަގްސަދުގައި ބޭއްވުނު މުބާރާތެކެވެ. މުބާރާތުގައި ބައިވެރިވި ފުލުހުން ދެއްކި ހުނަރާއި ގާބިލު ކަމަށް ގިނަ ބަޔަކު ތައުރީފު ކުރިއެވެ



More from Huvadhoo News