ޕީކް ސީޒަނަށް ތައްޔާރުވުމަށް ސްޓެލްކޯއިން ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށައިފި

Fri, 18 Oct 2024 09:46 PM

View on this article on Huvadhoo News

ޕީކް ސީޒަނަށް ތައްޔާރުވުމަށް ސްޓެލްކޯއިން ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށައިފި

ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ސްޓެލްކޯއިން ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.



ސްޓެލްކޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ
ކަރަންޓުގެ ޚިދުމަތުގެ ދެމެހެއްޓެނިވިކަން އިތުރަށް ކަށަވަރުކޮށް، މާލޭގެ މަތިވަމުންދާ ޑިމާންޑާއި އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމަށާއި، ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ މަސައްކަތުގެ ތެރެއިން، މަޖީދީމަގާއި ސޯސަންމަގު ގުޅޭ ކަންމަތީގައި ގާއިމުކޮށްފައިވާ ސަބްސްޓޭޝަނުގެ ކެޕޭސިޓީ އިތުުރުކުމަށް، އެ ތަނުގައި ބަހައްޓާފައި ހުރި 630 ކޭވީއޭގެ ޓްރާންސްފޯމަރެއް އެތަނުން ނަގައި، 1500 ކޭވީއޭގެ ޓްރާންސްފޯމަރެއް މިހާރު އެތަނުގައި ބަހައްޓާފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

މީގެއިތުރުން މާލޭގެ ކަރަންޓުގެ ޑިމާންޑާއި އެއްވަރަށް ކޭޓަރ ކުރުމަށް، ޑިސްޓްރިބިއުޝަން ވިއުގައިގެ ކެޕޭސިޓިީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް މިއަހަރުގެތެރޭ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.



More from Huvadhoo News